އިސްލާމީ ޔުނިވަސިޓީގެ މަޖިލީސް އަލުން އެކުލަވައިލުމަށް މެންބަރުން ހޯދަނީ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ މަޖިލީސް އެކުލަވައިލުމަށް މެންބަރުން ހޯދުމަށް އިއުލާނުކޮށްފި އެވެ.
އައިޔޫއެމް އިން ކުރި އިއުލާނެއްގައި ބުނީ އެ ޔުނިވާސިޓީގެ ގާނޫނަށް ގެނެވުނު ދެވަނަ އިސްލާހުގެ ދަށުން ޔުނިވަސިޓީގެ މަޖިލިސް އަލުން އެކުލަވާލުމަށްޓަކައި ދާއިރާތަކުން މެމްބަރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.ހުޅުވާލާފައިވާ ދާއިރާތަކަކީ:
- ދީނީ ތައުލީމު
- ވިޔަފާރި / އެކައުންޓިން / އިގްތިސާދު / މެނޭޖްމަންޓް
- ތައުލީމު ދިނުމާއި އުނގަންނައިދިނުން / އިޖްތިމާއީ އިލްމު
- ޝަރީއަތާއި ގާނޫނު
- ސިއްހަތު
- ސައިންސް / ޓެކްނޮލޮޖީ / އެންޖިނިއަރިން
- ގައުމީ ސަލާމަތްތެރިކަން / ޑިޒާސްޓަ މެނޭޖްމަންޓް
- އާޓްސް / ކަލްޗަ / ތާރީހް / ސްޕޯޓްސް / ޓްއަރިޒަމް
މެމްބަރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ އަށެއް ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 02:00 ގެ ކުރިން ވަނަވަރާއެކު ސިޓީ ހުށަހެޅުމަށް ނުވަތަ އީމެއިލް ކުރުމަށް އެ ޔުނިވާސިޓީން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ