ދޮގު ހެކިދިން މީހަކު އެއްހާސް ރުފިޔާއިން ޖޫރިމަނާކޮށް މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެފައިސާ ކްރިމިނަލް ކޯޓަށް ދެއްކުމަށް ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ދޮގު ހެކި ދިން މައްސަލައާއި ގުޅިގެން މިއަދު ކުރިމިނަލް ކޯޓުން ޙުކުމް ކުރި މީހަކީ ސ. މީދޫ، ލީފްސައިޑް، ރިޟްވާން މުޙައްމަދު (26އ) އެވެ.
އޭނާގެ މައްޗަށް ހުށަހެޅިފައިވާ ދޮގު ހެކިދިން މައްސަލައަކީ ފުލުހުން ބަލަމުން ދިޔަ މައްސަލައެއްގެ ތުހުމަތުގައި އޭނާ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިކުރުމުގެ ތެރޭގައި އޭނާގެ އަތުން ފެނިފައިވާ ސައްޙަ ނޫން ޕޮލިސް ސެޓްފިކެޓާއި ގުޅޭ ގޮތުން ދޮގު ހެކި ދިން މައްސަލައެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު އެހެން މައްސަލައަކާ ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު ތިން ވަނަ ދުވަހު އޭނާ މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާގެ ފަޓުލޫނުގެ ޖީބުން އޭނާގެ ނަމުގައި ހަދާފައިވާ ސައްހަ ނޫން ޕޮލިސް ސެޓްފިކެޓެއް އޮތް ކަމަށް އޭނާގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެމައްސަލައިގެ ތަހްޤީޤް ނިންމައި ޕީޖީއަށް ފޮނުވާފައިވަނީ މިއަހަރުގެ މާރޗް މަހުގެ 15 ވަނަ ދުވަހުއެވެ.
ދޮގު ހެކިދިން މީހަކު ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ