މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ ބައިނަލްއަގްވާމީ ކޮންފަރެންސް، "ތެވެލި 2018" އަންނަ އޮގަސްޓް މަހު ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ، މަތީ ތައުލީމަށް ޚާއްސަ ކޮށްގެން ބާއްވާ ކޮންފަރެންސްގެ ޕޭޕަރ ތައް އަންނަ ޖޫން މަހުގެ 15 ގެ ކުރިން ހުށަހެޅޭނެ ކަމަށެވެ.
އޮގަސްޓް 12 އަދި 13 ވަނަ ދުވަހު އެމްއެންޔޫން ބާއްވާ ކޮންފަރެންސްގެ މައިގަނޑު ތީމަކީ، 'ނިއު ހޮރައިޒަންސް އިން ހަޔަ އެޑިއުކޭޝަން ސިނަޖީސް، އިނޮވޭޝަން އެންޑް ޑިވެލޮޕްމަންޓް' އެވެ. އޭގެ ތެރެއިން ޕޮލިޓިކްސް އަދި ޕޮލިސީ އާއި ޝަރީއާ، ލޯ އެންޑް އިސްލާމިކް ސްޓަޑީޒްސް، ސައިންސް އެންވަޔަރްމެންޓާއި މީޑިއާ އަދި ކޮމިއުނިކޭޝަން ފަދަ މައުލޫއުތަކާއެކު ސަބް ތީމްގެ ގޮތުގައި 13 މައުލޫއެއް ހަމަޖައްސާފައިވެ އެވެ.
ފަވާޒް ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ކޮންފަރެންސަށް ލިބުނު ބޮޑު ތަރުހީބުގެ އެހީގައި މިއަހަރުގެ ކޮންފަރެންސް އިތުރަށް ހަރުދަނާކޮށް، އެއަށްވުރެ ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެމްއެންޔޫ ގެ "ތެވެލި 2018" އޮގަސްޓްމަހު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ