މާދަމާ ހަވީރު 4:00 އިން ފެށިގެން ބްރިޖަށް އެރޭނެ

މާދަމާ ހަވީރު 4:00 ގައި "ސިނަމާލެ" ބްރިޖު ދަތުރުފަތުރަށް އާންމުކޮށް ހުޅުވާލުމަށް ހައުސިންގް މިނިސްޓްރީން ނިންމައިފިއެވެ.
މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސެޕްޓެމްބަރ 7 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ސިނަމާލެ ބުރިޖު އާއްމުކޮށް ދަތުރުފަތުރަށް ހުޅުވާލެވޭނެ ކަމަށެވެ.
ސިނަމާލެ ބްރިޖު އާންމުންނަށް ހުޅުވާލާއިރު މިރޭ ވަނީ ބްރިޖާ ގުޅިފައިވާ ރިންގް ރޯޑުވެސް އާންމުންނަށް ހުޅުވާލާފައެވެ.
ބްރިޖު ހުޅުވިގެން ދިޔުމާއެކު ރާއްޖޭގެ މައި ވައިގެ ބަނދަރަށް ފަސްވަރަކަށް މިނެޓުގެ ތެރޭގައި މާލެއިން އެއްގަމު މަގުން ދަތުރުކޮށްލެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ