ސަލްޓަން ޕާކުގައި ބޮމުގެ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު ދެ މީހުން ބޭރަށް ފުރުވާލި އިމިގްރޭޝަން އޮފިސަރު މ. ރެޑިއަމްކޮކާ ވަރަހުމަތު އަހުމަދު އެއް އަހަރަށް ޖަލަށް ލާން ޖިނާއީ ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ މުހަންމަދު މޫސާ ވިދާޅުވީ ބޮމުގެ ހަމަލާގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ ލ. ކަޅައިދޫ ގްރީން ވިލާ ލަތީފް އިބްރާހީމާއި ށ. ކޮމަންޑޫ ދޫރެސް އަލީ ޝަމީމް ފުރުވާލި ކަމަށާއި އެއީ ފުރުން މަނާކޮށްފައިވާ ދެ މީހުންކަން އެނގޭ ކަމަށް ވަރަހުމަތު އިއުތިރާފުވެފައިވާ ކަމަށެވެ. އެހެންވެ، ގާނޫނު އުގޫބާތުގެ 83 ވަނަ މާއްދާގެ )ހ(ގެ ދަށުން ކުށްވެރިވާ ކަމަށް ނިންމައި، އެ މާއްދާގެ )ހ(ގެ ދަށުން އެއް އަހަރަށް ޖަލަށްލުމަށް ގާޒީ ހުކުމް އިއްވެވީ އެވެ.
ވަރަހުމަތުގެ މައްޗަށް ދިވެހި ދައުލަތުން ކުރެއްވީ، ގާނޫނުލް އުގޫބާތުގެ 83 ވަނަ މާއްދާގެ ހ. ގެ ދަށުން ކުށެއްގެ ތުހުމަތުގައި ހުރި މީހަކު ހިފައި ހައްޔަރުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ.
ވަރަހުމަތު އިމިގްރޭޝަން އޮފިސަރަކަށް ހުރެގެން ރާއްޖެ އިން ބޭރަށް ފުރުވާލި ލަތީފާއި ޝަމީމަކީ މިދިޔަ އަހަރު ސަލްޓަންޕާކުގައި ބޮން ގޮއްވާލި މައްސަލައިގައި އެންމެ ކުރިއްސުރެ ފުލުހުން ހޯދަމުންދާ އަދި މިހާރު އިންޓަޕޯލް މެދުވެރިކޮށް ރެޑްނޯޓިސް އާންމުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ދެ މީހުންނެވެ. ލަތީފު ރާއްޖެ އިން ފުރައިގެން ގޮސްފައި ވަނީ ސެޕްޓެމްބަރު 29 ގައި ބޮން ގޮއްވާލުމުގެ ކުރިން، ސެޕްޓެމްބަރު މަހުގެ 17 ގަ އެވެ. ޝަމީމް ފުރައިގެން ގޮސްފައި ވަނީ އެ މަހުގެ 22 ގަ އެވެ.
45: 13
ސަލްޓާން ޕާކް ބޮމުގެ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު ދެ މީހުން ފުރުވާލި އިމިގްރޭޝަން އޮފިސަރ މ. ރެޑިއަމްކޮކާ، ވަރަހުމަތު އަހުމަދު އެއް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
ސަލްޓާން ޕާކް ބޮމުގެ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު ދެ މީހުން ފުރުވާލި އިމިގްރޭޝަން އޮފިސަރ ވަރަހުމަތު އަހުމަދު އެއް އަރަށް ޖަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ