ސްކޫލް ކުދިންގެ މާސްކްގައި ލޯގޯއެއް، ޑިޒައިނެއް ހުރެގެން ނުވާނެ.

ނިއު ނޯމަލް އާއެކު ސްކޫލްތަކުގެ ދަރިވަރުން ސްކޫލަށް ދާއިރު ފޮތި މާސްކް އަޅާނަމަ އެ މާސްކު ވާންޖެހޭނީ ޑިޒައިނެއް ނުވަތަ ލޯގޯއެއް ނެތް މާސްކެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިކަން ހާމަ ކޮށްފައިވަނީ މާސްކް ފެހުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް ބަޔާންކޮށް ކޮށްފައިވާ ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ބުނެފައިވަނީ ފޮތި މާސްކެއް ނަމަ މާސްކް ހެދުމަށް ބޭނުންކުރާ ފޮއްޗަކީ ރޮދި ކައިރިކޮށް ވިޔެފައި ހުންނަ، ނޭވާލާން ފަސޭހަ ފޮއްޗަކަށް ވާންވާނެއެވެ. މާސްކްގެ ބޭރު ފަސޭހައިން ފެން ނުފާއްދާނެ ފަދަ ފޮއްޗަކުން އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާވާނެ ގޮތަކަށެވެ. މިފަދަ ފޮތި މާސްކް ފަހާފައި ހުންނަން ވާނީ ތިން ފަށަލަ ހުންނަ ގޮތަށްކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ސްކޫލަށް ދާއިރު ސާޖިކަލް މާސްކު ނުވަތަ ފޮތި މާސްކު އެޅިދާނެ ކަަމަށާއި ފޮތި މާސްކު އަޅާނަމަ މާސްކު ފަހާފައިވާ ފޮއްޗަކީ ރޮދި ކައިރިކޮށް ވިޔެފައި ހުންނަ، ނޭވާލާން ފަސޭހަ ފޮއްޗަކަށް ވާންޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ. އެވެ.
އަދި މާސްކުގެ ބޭރުފަށަލަ ހަދާފައި ހުންނަން ވާނީ ފަސޭހައިން ފެން ނުފާއްދާ ފޮއްޗަކުން އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާވެ، ބަންދުވާ ގޮތަށެވެ. ތިން ފޮތި ފަށަލަ ބޭނުންކޮށްގެން ފަހާފައި ހުންނަ މާސްކަން ވާންޖެހޭނެ ކަމަށާއި ބާރު ނުވަތަ ދޫވެގެން އަބަދު މާސްކުގައި އަތްލާން ޖެހޭ ފަދަ މާސްކަކަށް ވެގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.
ފޮތި މާސްކް ބޭނުންކުރާއިރު، ދަރިވަރުންވެސް މުވައްޒަފުންވެސް ބޭނުންކުރަންވާނީ އެއްވެސް ފަރުމާއެއް ނެތް ޕްލެއިން ފޮތިން ފަހާފައިވާ މާސްކެވެ. މާސްކްގައި ސްކޫލް ލޯގޯއާއި އެހެނިހެން ކުރެހުންތައް ހުރުމަކީ މަނާ ކަމެކެވެ.
ހުޅުވޭ ސްކޫލްތަކުގައި އަތްދޮވެވޭނެ އިންތިޒާމާއި، ސްކޫލަށް ވަންނައިރު ހުން ބެލުމުގެ ކަންތައްތައް ކުރިއަށް ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ