ޖުމުހޫރީ ޕާޓީގެ ލީޑަރު އަނބުރާ ރާއްޖެއަށް ގެނެސް ދެއްވީ ދިވެހި ލޮބުވެތި ރައްޔިތުން ކަމުގައި ވިދާޅުވެ ދިވެހިރައްޔިތުންނަށް ޤާސިމް އިބުރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ޝުކުރު އަދާކުރައްވައިފިއެވެ.
ޤާސިމް އިބުރާހިމްގެ ހަގު އަނބިކަނބަލުން އަދި ޖުމުހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ ވިދާޅުވީ، ޤާސިމް އިބުރާހިމްގެ ދަރީންގެ ކައިރިއަށް އާއިލާގެ ކައިރިއަށް އެމަނިކުފާނު ގެނެސްދެއްވީ ދިވެހި ލޮބުވެތިރައްޔިތުން ކަމަށެވެ.
ޤާސިމް އިބުރާހިމް މިއަދު މާލެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އާއިލާގެ ބޭފުޅުން އެއާޕޯޓަށް ވަޑައިގެންނެވިއެވެ.
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް މިއަދު އެމަނިކުފާނު އެނބުރި ރާއްޖެވަޑައިގެންނެވީ 1 އަހަރާއި 26 ދުވަސް ފަހުން އަދި ރައީސް ޔާމީނަށް އިންތިޚާބު ނާކާމިޔާބުވެ މިނިވަން މުއައްސަސާތަކުގެ މައްޗަށް އޮތް އެމަނިކުފާނުގެ ނުފޫޒު ނެތިގެން ދިޔުމާއި އެކުގައެވެ.
ރިޔާސީ އިންތިޚާބު ކޯލިޝަނަށް ކާމިޔާބުކޮށްދިނުމަށް ޤާސިމް އިބުރާހިމްގެ ފަރާތްޕުޅުން އަމަލީގޮތުން ކެމްޕޭންތަކުގައި މެޑަމް އައިޝާ ބައިވެރިވެ ވަޑައިގެންނެވިއިރު އެކަމަނާ ވިދާޅުވީ، މިއަދަކީ އެކަމަނާއަށާއި އާއިލާއަށް އަދި ދިވެހި ރައްޔިތުންނަށްވެސް އުފާވެރި ދުވަހެއް ކަމަށެވެ.
"ހަމަގައިމުވެސް ކޯލިޝަނެއްގެ ތެރެއިން އަޅުގަނޑުމެން މިގެނައި ވެރިކަމަކީ، ދިވެހިރައްޔިތުންނަށް އައު އުންމީދުތަކެއް ލިބޭނެ ވެރިކަމެއް ކަމުގައި ވެގެންދާނެކަން ކަށަވަރު. އަޅުގަނޑުމެން އެޔަޤީންކަން ތިޔަބޭފުޅުންނަށް ދެން." މެޑަމް އައިޝާ ވިދާޅުވިއެވެ.
އައިޝާ ވިދާޅުވީ ޖުމުހޫރީ ވިންދުން އަތޮޅުތަކަށް ކުރި ދަތުރުތަކުގައި އެހީތެރިވި ރައްޔިތުންނަށް ޝުކުރު އަދާކުަރައްވާ ކަމަށެވެ.
ޖުމުހޫރީޕާޓީގެ ލީޑަރު ޤާސިމް އިބުރާހިމް މިއަދު ރާއްޖެ ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިނައަދަދެއްގެ ބަޔަކު، ބޮޑުފާލަންދޮށަށްވެސް ޖަމާވިއެވެ.
ގާސިމް ރާއްޖެ ވަޑައިގެންނެވުމުން އައިޝާގެ ޝުކުރު ދިވެހިރައްޔިތުންނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ