ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިނިވަންކުރުމަށް ގޮވާލައި އދ.މާމިގިލީގައި މިއަދުވެސް އިހުތިޖާޖުކޮށްފިއެވެ.
މާމިގިލީ ކައުންސިލުގެ ނާއިބުރައީސް އަބްދުﷲ މުފީދު ވިދާޅުވީ މާމިގިލީ މުޅި ރައްޔިތުންހެން މި އިހުތިޖާޖުގައި ބައިވެރިވެފައިވާ ކަމަށެވެ.
މުފީދު ވިދާޅުވީ ގާސިމް އިބްރާހީމަކީ މުޅި ދިވެހި ރައްޔިތުންގެ ލެޔާ ގުޅިފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ އެއްވެސް ކުށެއް ސާބިތުވެފައި ނެތް ކަމަށެވެ. އެހެންކަމުން އެމަނިކުފާނު މިހާރުން މިހާރަށް ދޫކޮށްލުމަށް އިހުތިޖާޖުގެ ބައިވެރިން ގޮވާލާފައިވާ ކަމަށެވެ.
ގިނަ މީހުންނަކީ ގާސިމް އިބްރާހީމްގެ މަސްލަހަތު އޮތް ތަންތަނުގައި ވަޒީފާ އަދާކުރަމުންދާ މީހުންނަށް ވުމުން އެމަނިކުފާނަށް ވިޔަފާރީގެ ގޮތުންނާއި ސިޔާސީ ގޮތުން ކުރިމަތިކުރަމުންދާ ފިއްތުންތަކުގެ ސަބަބުން ވަޒީފާ ގެއްލުމުގެ ބިރުވެސް އެބައޮތް ކަމަށާއި އެއީ ރައްޔިތުންގެ ވަރަށް ކަންބޮޑުވުމެއް ކަމަށް މުފީދު ވިދާޅުވިއެވެ.
މުފީދު ވިދާޅުވީ ގާސިމަށް އަނިޔާކުރުމަކީ ދިވެހި ރައްޔިތުންނަށް އަނިޔާކުރުން ކަމަށާއި އެމަނިކުފާނަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލައްވާ ކަމަށެވެ.
ގާސިމް ހައްޔަރުކޮށްފައި ބަހައްޓައިގެން ތަރައްގީއެއް ބޭނުމެއް ނޫން ކަމަށާއި އެމަނިކުފާނު ހައްޔަރުކޮށްގެން އެއްވެސް ކަމެއް ކުރަން ދިވެހި ގައުމު ނުރުހޭނެ ކަމަށް ވެސް މުފީދު ވިދާޅުވިއެވެ.
އަދި ވިދާޅުވީ ކޮންމެ ދުވަހަކުވެސް މި އިހުތިޖާޖު ކުރިއަށްދާނެ ކަަމަށާއި ގާސިމް އިބްރާހީމް މިނިވަން ކުރުމުން ނޫނީ މިކަން ހުއްޓާނުލާނެ ކަމަށެވެ.
ގާސިމް ހައްޔަރުކުރިތާ 4 ދުވަސް، މާމިގިލީ ރައްޔިތުން އަދިވެސް މަގުމަތީގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ