ރައީސް މައުމޫން އަބުދުލްގައްޔޫމުގެ ގެކޮޅަށް ވަދެ ފުލުހުންކުރީ ގާނޫނާއި ހިލާފު އަމުރެއް ކަމަށާއި، ފުލުހުން ކުރީ ކުށެއް ކަމަށްވެސް ރައީސް މައުމޫންގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
މައުމޫން ހަމީދު މިހެން ވިދާޅުވީ ކުށްކުރުމަށްފަހު އަދަބުން ސަލާމަތްވުމަކީ ވަކިބަޔަކަށް އޮތް ހައްގެއްތޯއޭ ބުނެ ކުރީގެ ރައީސް މައުމޫނާއި ގުޅޭގޮތުން ނޫހެއްގައި ލިޔެފައިވާ ރިޕޯޓަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މައުމޫން ހަމީދުގެ ޓްވީޓުގައި ވިދާޅުވީ ފުލުހުންނަކީވެސް ގާނޫނަށްވުރެ މަތީގައި ތިބެވޭނެ ބައެއް ނޫން ކަމަށެވެ. އަދި ގާނޫނު ބުނާ ގޮތުން ފުލުހުންނަށް ރައީސް މައުމޫންގެ ގެކޮޅަށް ވަދެ އެމަނިކުފާނުގެ ފޯނު ހިފަހެއްޓޭނީ ހުއްދަ ހޯދައިގެން ކަމަށެވެ.
ނަމަވެސް އެއިން އެއްވެސް ހުއްދައެއް ނެތި ރައީސް މައުމޫންގެ މައްޗަށް ކުރެއްވި އަމުރަކީ ގާނޫނާއި ޚިލާފު އަމުރެއްކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ގެކޮޅަށްވަދެ ފުލުހުންކުރީ ޤާނޫނީ ކުށެއް: މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ