ގުޅިފައިވާ ޕާޓީ ތަކުގެ ޖަލްސާއަށް މައުމޫން ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގުޅިފައިވާ އިދިކޮޅު ޕާޓީ ތަކުގެ ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް އަމަލީގޮތުން ބައިވެރިވެވަޑައިގެންފި އެވެ.
ގުޅިފައިވާ ޕާޓީ ތަކުގެ ޖަލްސާގައި ބައިވެރިވުމަށްޓަކައި ރައީސް މައުމޫން މިރޭ ކުނޫޒަށް ވަޑައިގަތުމުން ޕާޓީ ތަކުގެ ލީޑަރުންނާއި، ޕާޓީ ތަކުގެ މަަޖިލިސް މެންބަރުންނާއި، ޕާޓީ ތަކުގެ ކައުންސިލްތަކުގެ މެންބަރުންނާއި އާންމު މެންބަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށްޓަކައި ކުނޫޒުގައި އިސްކޮށް ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެވެ.
މިޖަލްސާގައި ބައިވެރިވި އާންމުން ކިޔާފައިިވާ ހޫނު މަރުހަބާ އާއި ގުޅިގެން މައުމޫން ލޯފުޅުން ކަރުނަހިލިގެން ދިޔަ މަންޒަރު ފެނިގެން ދިޔަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ