މުލީގައި ކަރަންޓު ބޭނުންކުރުން މަދުކުރަން އަންގައިފި

މ. މުއްޔަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ ދެ ޖަނަރޭޓަރަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، މަތީ ލޯޑް ނަގާ އިލެކްޓްރޯނިކް އާލަތްތައް ވީހާވެސް މަދުން ބޭނުން ކުރުމަށް އެ ރަށު އިންޖީނުގެ ހިންގަމުން އަންނަ ފެކައިން އަންގައިފި އެވެ.
ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މުލި ބްރާންޗްގައި މިކުންފުނީ ގެފަރާތުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ޖަނަރޭޓަރުތަކުގެ ތެރެއިން ދެ ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މުޅި ރަށަށް ކަރަންޓު ފޯރުކޮށްދެމުން މިހާރު ދަނީ 250 ކިލޯވޯޓްގެ ޖަނަރޭޓަރަކުން ކަމަށެވެ. އެކަމަކު އެޖަނަރޭޓަރަކީ މުޅި ރަށަށް އެއް ފަހަރާއި ކަރަންޓު ދެވޭ ވަރަށް ވުރެ ކުޑަ ޖަނަރޭޓަރެއް ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.
ފެނަކައިން ބުނީ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދެ ޖަނަރޭޓަރުގެ މަރާމާތުގެ މަސައްކަތް ނިންމާ އާންމު ހާލަތަށް ގެނެވެންސެން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ވެސް ފެނަކައިން ފާހަގަކުރެ އެވެ.
ސީއެންއެމްއާ ވާހަކަ ދައްކަވަމުން އެރަށު ކައުންސިލުގެ މެމްބަރު އަހުމަދު ޝާތިރު ވިދާޅުވީ، ކުރިން ވެސް އެރަށަށް ކަރަންޓުގެ މައްސަލަ ދިމާވި ނަމަވެސް ކަރަންޓުގެ މައްސަލަ ބޮޑުވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. 1200 އެއްހާ މީހުން ދިރިއުޅުމުން އަންނަ މުލީގައި ކަރަންޓުގެ މައްސަލަ ބޮޑުވުމުން ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވާކަމަށް ޝާތިރު ވިދާޅުވި އެވެ.
"ރޭގަ ވެސް ކަރަންޓު ކެނޑިއްޖެ 7:20 ހާއިރު، ކަރަންޓު ލިބޭވަރުވީ އެގާރަ ހާއިރު. ދެން މިހާރު ވެސް އިރުކޮޅުކޮޅާއި ކެނޑޭ ކަރަންޓު" ޝާތިރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ