މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގައި ހުރި ޖަނެރޭޓަރަކަށް މިވަގުތު ވަނީ މައްސަލައެއް ދިމާވެފައި ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ވަގުތު މާލޭގެ އެކި ސަރަހައްދުތަކުން ގަޑި އިރަކަށް ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ.
ކަރަންޓު ކެނޑުމުން ދިމާވެދާނެ އުނދަގޫތަކަށް މައާފަށް އެދި، ބަލައިގެން ކަރަންޓު ބޭނުން ކުރުމަށް ވެސް އެ ކުންފުނިން އެދިފައި ވެއެވެ.
މިއަދު ހެނދުނު ވެސް މާލޭގެ އެކި ސަރަހައްދުތަކުުން ކަރަންޓުގެ ހިދުމަތް ކުޑަ ވަގުތުކޮޅަކަށް މެދު ކެނޑުނެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ހިނގައިދާނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ