މެމްބަރު ޝިޔާމްގެ އެފްއެޗް ފައުންޑޭޝަނުން ނައިފަރުގައި އެޅި ފުޓުބޯޅަ ދަނޑު ރަސްމީކޮށް އިފްތިތާޙުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ އެފްއެޗް ފައުންޑޭޝަނުން ނައިފަރުގައި އަޅުއްވައިދެއްވި ފުޓުބޯޅަ ދަނޑު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.އެކަމަށްޓަކައި ނައިފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދަނޑު ހުޅުއްވާދެއްވީ ކަނުހުރާ އައިލެންޑް ރިޒޯޓުގެ ޖެނެރަލް މެނޭޖަރު ކްލެންސީ ރޯމިއޯއެވެ. އެ ފުޓުބޯޅަ ދަނޑަކީ މެމްބަރު ޝިޔާމްގެ އިސްނެންގެވުމުގެ މަތިން ސިނެފްއާއި ކަނުހުރާ އައިލެންޑު ރިޒޯޓަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްތައް ޙަވާލުކުރެވިގެން އެޅި ދަނޑެކެވެ.މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެމްބަރު ޝިޔާމް ވިދާޅުވީ އެ ދަނޑަކީ ނައިފަރުގައި ކުޅިވަރަށް ޝައުޤުވެރިކަން ހުންނަ ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމަށް އެޅިގެންދިޔަ ބިންގަލެއްކަމަށެވެ. އަދި އެފަދަ ދަނޑެއްގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ފައިދާކުރާނެކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.އެފަދަ ބޮޑު މަސައްކަތެއްގައި ނައިފަރުގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ދަނޑު އިތުރަށް ތަރައްޤީ ކުރާނެކަމަށެވެ. އެގޮތުން ފުޓުބޯޅައިގެ އިތުރުން އެހެން ބައެއް ކުޅިވަރުތައްވެސް ކުޅެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.މިއަދުގެ ރަސްމިއްޔާތުގައި މެމްބަރު ޝިޔާމްގެ ފައުންޑޭޝަން އެފް އެޗް ފައުންޑޭޝަންގެ ސްޕޯޓްސް އެކެޑަމީ ވަނީ އިފްތިތާޙުކޮށްފައެވެ. އެ އެކެޑަމީ އިފްތިތާޙުކޮށްދެއްވީ އެފްއޭއެމްގެ ސެކެޓްރީ ޖެނެރަލް ހުސެއިން ޖަވާޒެވެ. ޝިޔާމް ވިދާޅުވީ އެފް އެޗް ފައުންޑޭޝަންގެ ސްޕޯޓްސް އެކެޑަމީ މެދުވެރިވެގެން ނައިފަރުގައި ކުޅިވަރުގެ ދާއިރައިން ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައި ކުރިއަށްގެންދާނެކަމަށެވެ.ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ޝިޔާމަކީ ރަށު ތަރައްޤީގައި އަމިއްލަ ގޮތުންނާ ސަރުކާރު މެދުވެރިކޮށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ. އަދި ރައްޔިތުންނާ ގުޅިގެން އެކި ދާއިރާތަކުން ކުރެވެން ހުރި ކަންކަންވެސް ބައްލަވާ އެމަސައްކަތްވެސް ޝިޔާމް އަންނަނީ ކުރައްވަމުންނެވެ.
އަޒުހާން އިބްރާހިމް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
މެމްބަރު ޝިޔާމްގެ އެފްއެޗް ފައުންޑޭޝަނުން ނައިފަރުގައި އެޅި ފުޓުބޯޅަ ދަނޑު ރަސްމީކޮށް އިފްތިތާޙުކޮށް...
5 ސިކުންތު ކުރިން
ރާއްޖެ އަޑިއަށްދާކަމަށް ވިދާޅުވެ ނަޝީދު އަނެއްކާވެސް ސްޓަންޓު ޖައްސަވަން ފަށައިފި
41 ސިކުންތު ކުރިން
ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރައްވާފައިވަނީ ލިބިވަޑައިގެންނެވި އެހީ: އާޒިމާ
6 ގަޑި ކުރިން
ބޮނޑަނަ ފިލާ އޮތުމަށްފަހު އަނގަ ފެޅިއިރު ޤަވާއިދާ ޚިލާފަށް ނަގާފައިވާ ފޮޓޯތަކެއް!
7 ގަޑި ކުރިން
ހަނިމާދޫ އެއާޕޯޓާ ގުޅިގެން ދައުރުވާ ވާހަކަތަކުގެ ހަޤީގަތް ސަރުކާރުން ހާމަކުރަންޖެހޭ: ޝިޔާމް
7 ގަޑި ކުރިން
ސިއްކަ އަހުމަދު މަނިކުގެ ދެ ޅީދަރިންނާ ޤައުމު ޙަވާލުކުރުމުން ދެންވާނީ ކިހިނެތް؟
7 ގަޑި ކުރިން
ސިއްކަ އަހުމަދު މަނިކުގެ ދެ ޅީދަރިންނާ ޤައުމު ޙަވާލުކުރުމުން ދެންވާނީ ކިހިނެތް؟
7 ގަޑި ކުރިން
ބޮނޑަނަ ފިލާ އޮތުމަށްފަހު އަނގަ ފެޅިއިރު ޤަވާއިދާ ޚިލާފަށް ނަގާފައިވާ ފޮޓޯތަކެއް!
7 ގަޑި ކުރިން
ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރައްވާފައިވަނީ ލިބިވަޑައިގެންނެވި އެހީ: އާޒިމާ
6 ގަޑި ކުރިން
ހަނިމާދޫ އެއާޕޯޓާ ގުޅިގެން ދައުރުވާ ވާހަކަތަކުގެ ހަޤީގަތް ސަރުކާރުން ހާމަކުރަންޖެހޭ: ޝިޔާމް
7 ގަޑި ކުރިން
ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި
23 ގަޑި ކުރިން
އެސްއެސްއައިގެ ފަރާތުން ފީނުމަށް ބޭނުންކުރާ އާލާތްތަކެއް އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކޮށްފި
23 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ