ޝަރުއީ ދާއިރާގެ އިވެންޓްތައް ކަވަރ ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީއަށް ނުދޭން ނިންމައިފި
ޝަރުއީ ދާއިރާގެ އެއްވެސް އިވެންޓެއް ކަވަރ ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީއަށް ނުދޭން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.އެކަން ހާމަކޮށް ސުޕްރީމް ކޯޓުން ވިދާޅުވެފައިވަނީ، މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު ރާއްޖެ ޓީވީއިން ގެނެސްދީފައިވާ "ފަށާއިރު" ޕްރޮގްރާމް ހުށަހަޅައިދިން ފަރާތްތަކުން އެ ޕްރޮގްރާމްގައި ޝަރުއީ ކޯޓުތަކާއި ފަނޑިޔާރުން އަދި ވަކިން ހާއްސަކޮށް ސުޕްރީމް ކޯޓާއި އެކޯޓުގެ ފަނޑިޔާރުންގެ ހުރުމަތް ކެނޑޭ އަދި މުޅި ޝަރުއީ ދާއިރާގެ ކަރާމާތާއި ގަދަރަށް އުނިކަން ލިބޭ ފަދަ ކޮންޓެންޓް ގެނެސްދީފައިވާ ކަމަަށެވެ. އަދި އެ އަމަލަކީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދާ ހިލާފު އަމަލެއް ކަމަށް އެ ކޯޓުން ބުނެފައިވެއެވެ. އެއާއެކު އެ މައްސަލަ ބަލައި ތަހުގީގުކޮށް އެ މައްސަލައިގައި އިތުރުު ގޮތެއް ކަނޑައަޅަންދެން ޝަރުއީ އެއްވެސް ކޯޓެއްގެ ޝަރީއަތުގެ އަޑުއެހުންތަކާއި ޝަރުއީ ދާއިރާއިން އިންތިޒާމްކުރާ އެއްވެސް ހަރަކާތެއް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީއަށް ނުދިނުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށް އެ ކޯޓުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ