ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މާދަމާގެ އަޑުއެހުމަށް ވަނުމަށް ނަން ނޯޓު ކުރެވޭނެ ގަޑި ސުޕްރީމް ކޯޓުން ހާމަކޮށްފިއެވެވެ.
އެގޮތުން ޖުޑީޝަރީން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ އޮކްޓޫބަރު 15 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވާ، ނަންބަރު 2018/SC-C/44 ޤަޟިއްޔާގެ ޝަރީޢަތް އަޑުއެހުމަށްޓަކައި ވަޑައިގަންނަވާ ބޭފުޅުންގެ ނަން ނޯޓުކުރުން، ހެނދު 08:30 އިން 09:45 އަށް ކުރިއަށްދާނެ ވާހަކަ ދަންނަވާކަމަށެވެ.
މި މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވާފައިވެއެވެ. މިއަދުގެ އަޑުއެހުމުގައި އިލެކްޝަންސުން ޖަވާބުދާރީވެފައިވެއެވެ.
ޝަރީއަތުގެ މަޖިލީހުގައި އިލެކްޝަންސުން ބުނެފައިވަނީ އިންތިޚާބަކީ ޝަރުއިއްޔަތު ގެއްލިފައިވާ އިންތިޚާބެއްކަމަށް ކަނޑައަޅާނެ އެއްވެސް ތަނެއް ނެތްކަމަށާއި މި އިންތިޚާބު ބާޠިލު ކުރާނެ އެއްވެސް ތަނެއް ނެތްކަމުގައެވެ.
މާދަމާގެ އަޑުއެހުން ތާވަލްކޮށްފައިވަނީ ހެނދުނު 10:00 އަށެވެ.
އިންތިހާބީ މައްސަލައަށް ވަނުމަށް ނަން ނޯޓު ކުރުން އޮންނާނެ ގަޑި ސުޕްރީމް ކޯޓުން ހާމަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ