މިއަދު ވެސް ސްކޫލް ދަރިވަރަކަށް މަގުމަތިން ހަމަލާތީ ޒަހަމްކޮށްލައިފި އެވެ. އިއްޔެ ވެސް ގްރޫޕަކުން ވަނީ ތާޖުއްދީން ސްކޫލަށް ވަދެ ކުއްޖަކަށް ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ.
ފުލުހުން ބުނީ، އެ މާރާމާރީ ހިންގީ މިއަދު މެންދުރު 12:55 ހާއިރު ލިލީ މަގުގައި ކަމަށެވެ. ލިލީމަގު ސަރަހައްދުގައި ޒަހަމްކޮށްފައިވާ ކުއްޖާ މިހާރު އޭޑީކޭ އަށް ވަނީ ގެންގޮސްފަ އެވެ. އެ ކުއްޖާއަށް ހަމަލާދީފައިވަނީ ތޫނު އެއްޗަކުން އެވެ. އެ ކުއްޖާ އަކީ ދަރުމަވަންތަ ސްކޫލް ދަރިވަރެކެވެ.
ތޫނު އެއްޗަކުން މިއަދު ކުއްޖަކަށް ހަމަލާއެއްދީ ޒަހަމް ކޮށްލާފައިވާ އިރު އިއްޔެ މެންދުރު ތާޖުއްދީން ސްކޫލްގައިވެސް ވަނީ ކުއްޖަކަށް ހަމަލާދީ ޒަހަމްކޮށްލާފަ އެވެ. ތާޖުއްދީން ސްކޫލުގެ ދަރިވަރަށް ހަމަލާދީފައިވަނީ މެންދުރު ކުދިން ނެރުނު ގަޑީގައި ސްކޫލަށް ބަޔަކު ވަދެ އެވެ.
އަނެއްކާވެސް ސްކޫލް ދަރިވަރަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ