ހޯމް މިނިސްޓަރ އުމަރު ނަސީރު ޕީޕީއެމްއަށް ސޮއި ކުރައްވައިފި

ހޯމް މިނިސްޓަރ އުމަރު ނަސީރު ޕީޕީއެމްއަށް ސޮއި ކުރައްވައިފިއެވެ. މިނިސްޓަރ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މި މަހުގެ 2 ވަނަ ދުވަހު އެ މަނިކުފާނު ޕީޕީއެމް އަށް ސޮއި ކުރައްވާފައިވާ ކަމަށެވެ. އަދި ކުރިން އެކުގައި މަސައްކަތްކުރެއްވި މެންބަރުންނާއި އެއްކޮށް މަސައްކަތް ކުރެއްވުމަކީ، ލިބިވަޑައިގެންނެވި ހިތްހަމަ ޖެހުމެއް ކަމަށް ވިދާޅުވެފައިވެއެވެ. މިނިސްޓަރ އުމަރު ޕީޕީއެމްއަށް ސޮއި ކުރެއްވުމުން ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. މަރުހަބާ ވިދާޅުވެ ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވަނީ، އުމަރު ނަސީރަކީ އެ ޕާޓީއަށް ލިބުނު ވަރަށް ވަރުގަދަ އެސެޓެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ