އިންޓަރ ސްކޫލް އެތްލެޓިކްސް މީޓަށް ވިއްސާރައިގެ އަސަރު

ފުވައްމުލަކުގައި މިހާރު ކުރިއަށްދާ މައިލޯ އިންޓަރ ސްކޫލް 21 ވަނަ އެތްލެޓިކްސް މީޓަށް ވިއްސާރައިގެ އަސަރު ކުރި ނަމަވެސް ގިނަ އިވެންޓްތަކެއް ކުރިއަށްގެންގޮސްފިއެވެ.
އިއްޔެ ހެނދުނު އެތްލެޓިކްސް މީޓް ފެށި ނަމަވެސް ހަވީރު ބާއްވަން އޮތް ފެށުމުގެ ރަސްމިއްޔާތާއި، އިވެންޓްތައްވެސް ވަނީ ވިއްސާރައިގެ ސަބަބުން ފަސްކޮށްފައެވެ. އަދި ރެއަށް ބައެއް އިވެންޓްތައް ތާވަލްކުރި ނަމަވެސް ކުރިއަށްގެންދެވޭގޮތެއް ނުވިއެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ވެހެމުންދާ ވާރޭގެ ތެރޭގައި މިއަދު ހެނދުނުން ފެށިގެން އިވެންޓްތައް ކުރިއަށް ގެންދެއެވެ.
މިހާތަނަށް ކުރިއަށްގެންދިޔަ އިވެންޓްތަކުގެ ތެރެއިން 1000 މީޓަރު ދުވުމުގެ އަންހެން ކެޓަގަރީން އެއްވަނަ ހޯދީ ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ އައިޝަތު އާޔާ އަލީއެވެ. ދެވަނަ ހޯދީ ޖަމާލުއްދީން ސްކޫލްގެ މަރިޔަމް ޔާނާއެވެ. 3 ވަނަ ހޯދީ ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ އައިޝަތު އައިނީއެވެ.
15 އަހަރުން ދަށުގެ 1500 މީޓަރު ރޭހުގެ ފިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އަަހުމަދު އައިހަމް މޫސާއެވެ. 2 ވަނަ ހޯދީ އެމަރުކަޒުގެ މުޙައްމަދު ޔަތޫފްއެވެ. 3 ވަނަ ހޯދީ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ޒައިދާން އާތިފްއެވެ.
1700 މީޓަރުގެ ރޭހުގެ 17 އަހަރުން ދަށުގެ އަންހެން ބައިން 1 ވަނަ ހޯދީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ސަމްހާ މުޙައްމަދެވެ. 2 ވަނަ ހޯދީ ޝަރަފުއްދީން ސްކޫލްގެ ނަސައިމް ނަސީމްއެވެ. 3 ވަނަ ހޯދީ ބިލަބޮންގ އިންޓަރނޭޝަނަލް ސްކޫލްގެ ރަބާ އިސްމާއީލް އާސިފްއެވެ.
1500 މީޓަރު ރޭހުގެ 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ އައްޑޫ ހައިސްކޫލްގެ މުހާޖިރު ޒިޔާދެވެ. 2 ވަނަ ހޯދީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ހާޒިމް ހުސެއިންއެވެ. 3 ވަނަ ހޯދީ މާމެންދޫ ސްކޫލްގެ އިބްރާހީމް އިނާތްއެވެ. މިއިވެންޓްގެ އަންހެން ބައިން 1 ވަނަ ހޯދީ ހާފިޒު އަހުމަދު ސްކޫލްގެ ފާޠިމަތު އަލްޔާ އިބްރާހީމްއެވެ. 2 ވަނަ ހޯދީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ފާޠިމަޠު ޝިބާތުއެވެ. 3 ވަނަ ހޯދީ ތިނަދޫ އަބޫބަކުރު ސްކޫލްގެ އައިޝަތު ޝާއިމާއެވެ.
15 އަހަރުން ދަށުގެ ޑިސްކަސް އިވެންޓުން 1 ވަނަ ހޯދީ މުޙައްމަދު ޖަމާލުއްދީންގެ އިބްރާހީމް ޖޫދުއެވެ. 2 ވަނަ ހޯދީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ނޫހު އަލީ އަބުދުﷲއެވެ. 3 ވަނަ ހޯދީ ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ މުޙައްމަދު ހަމްދާންއެވެ.
މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފުވައްމުލަކުގައި އެތްލެޓިކްސް މީޓް ކުރިއަށްދާނެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ