ރައީސް މައުމޫން މާފުށީ ޖަލުގައި ވޯޓު ލެއްވުމަށް ރަޖިސްޓްރީ ވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ލިބިގެންވާ ވޯޓުލުމުގެ ހައްގު ބޭނުން ކުރެއްވުމަށް ކ. މާފުށީ ޖަލުގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓު ލެއްވުމަށް ރަޖިސްޓްރީ ވެއްޖެއެވެ.
ރައީސް މައުމޫންގެ ގާނޫނީ ވަކީލު ހުސައިން ޝަމީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން މާފުށީ ޖަލުގައި ވޯޓު ލެއްވުމަށް ރަޖިސްޓްރީ ވެއްޖެ ކަމަށެވެ.
Registry vejje! @waddey pic.twitter.com/xAgHvqyfl9
ޝަމީމު މިހެން ވިދާޅުވެފައި ވަނީ ޖަލުގައި ތިއްބެވި ސިޔާސީ ލީޑަރުންނާއި އެކި މައްސަލަތުގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ ފަރާތްތަކުން ޖަލުގައި ވޯޓު ލުމަށް ރަޖިސްޓްރީ ނުވެ، ގިނަ ދުވަސްތަކެއް ވެފައިވާތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
ސިޔާސީ ޕާޓީތަކުން ވަނީ ޖަލުގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން ރީ-ރަޖިސްޓްރީ ފޯމް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއަށް ހުށަހަޅާފައިވާތާ އެތައް ދުވަހެއް ވީއިރު ވެސް އެ ފަރާތްތައް ރަޖިސްޓްރީ ވެފައިނުވާތީ އެކަމާ ގުޅޭ ގޮތުން މައުލޫމާތު އޮޅުން ފިލުވުމަށް ކަރެކްޝަންގެ އިސްވެރިޔަކާ ބައްދަލު ކުރުމަށް މިހަފްތާގައި ވަނީ އެ އިދާރާއަށް ވަޑައިގަންނަވާފައެވެ. ނަމަވެސް އެއިދާރާގެ އިސްވެރިޔަކު އެބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ވަނީ ދެކޮޅު ހައްދަވާފައެވެ.
އަދުލު އިންސާފަށް ހުރަސްއެޅި ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާ ސާބިތުވުމާ ގުޅިގެން ރައީސް މައުމޫން ގެންދަވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި ދައުލަތުން ވަނީ ރައީސް މައުމޫނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ވެސް އުފުލާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ