ރައީސް މައުމޫނު މިނިވަން ކުރަން ކުރެވެން ހުރި ކަމެއް ކުރާނަން: ރައީސް ނަޝީދު

ޖަލަށް ލާފައިވާ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން ޖަލު ބަންދުގައި ހުންނަވާތާ މިއަދަށް ހަމަސް ދުވަސް ފުރުމާގުޅިގެން ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރެއްވި ޓްވިޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫނު ހަމަސް ދުވަހު ޖަލުގައި ހުންނެވީ ނުހައްގުން ކަމަށާއި އެމަނިކުފާނު މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގައެވެ.
ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރުމަށް އެކެއް ފެބުރުއަރީގައި ސުޕްރީމްކޯޓުން ނެރުނު އަމުރާގުޅިގެން, ކުއްލި ހާލަތު އިއުލާނުކޮށް ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ރައީސް މައުމޫނު ހައްޔަރުކޮށްފައިވާއިރު ފުލުހުންގެ ތަހުގީގަށް ފޯނު ދީފައި ނުވާކަމަށްބުނެ ދައުލަތުންކުރި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ ޖޫންމަހުގެ 13 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ