ކަރަންޓު މައްސަލައެއް ދިމާވެ ކޫއްޑޫން އައިސް ލިބުން މެދުކެނޑިއްޖެ

ކަރަންޓު މައްސަލައެއް ދިމާވެ ގއ. ކޫއްޑޫ އިން އައިސް ލިބުން މެދުކެނޑިއްޖެއެވެ.
މިކަމާއި ގުޅިގެން މިފްކޯއިން މީޑިޔާތަކަށް ފޮނުވި މެސެޖުގައި ބުނީ އެރަށުގެ އައިސް ޕްލާންޓްގައި ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އަދި ގދ. ގައްދޫ އަދި ތިނަދޫ އައިސް ޕްލާންޓްގެ މައްސަލަ ދެނެގެނެ އެކަން ހައްލުކުރުމަށް އިންޖިނިއަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް މިފްކޯއިން ބުނެފައިވެއެވެ.
ކޫއްޑޫ އިން އައިސް ނުލިބޭ ކަމަށް ބުނެ މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު މިދިޔަ އޯގަސްޓް 29 އިން ފެށިގެން މިފްކޯއަށް މަސްކިރާ ދޯނިތަކަށް 10 ޓަނާ ހަމައަށް، ފަހުން ފައިސާ ދައްކާ ގޮތަށް އައިސް ދޫކުރަން ފަށާފައިވާ ކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ