ގާތްގަނޑަކަށް 3،000 މީހުން ބޭތިއްބޭ ގޮތަށް އުތުރު ތިލަފަޅުގައި ސެންޓްރަލް ޖަލެއް އިމާރާތްކޮށް، އެހެން ހުރިހާ ޖަލުތަކެއް ބަންދުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އުތުރުތިލަފަޅުގައި ގާއިމް ކުރަން ނިންމާފައިވާ ސެންޓްރަލް ޖަލާއި ހޯޕް އައިލެންޑް ގެ މަސައްކަތް ކުރުމަށް ތިން ގައުމަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ގާތްގަނޑަކަށް 3،000 މީހުން ބޭތިއްބޭ ގޮތަށް އުތުރު ތިލަފަޅުގައި ސެންޓްރަލް ޖަލެއް އިމާރާތްކޮށް، އެހެން ހުރިހާ ޖަލުތަކެއް ބަންދުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ ޖަލު އެޅުމަށް ދިވެހި ކުންފުންޏެއްގެ އިތުރުން ތިން ގައުމަކުން ކުރިމަތިލާފައިވާ ކަމަށެވެ. އެއީ؛
މިނިސްޓަރު ވިދާޅުވީ މި ހުރިހާ ކުންފުންޏަކީ ވެސް ވަރަށް ގާބިލް ފަރާތްތަކެއް ކަމަށެވެ. ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު އަންނަ ޖުލައި މަހުގެ ތެރޭގައި މީގެ ތެރެއިން އެންމެ ރަގަޅު ބަޔަކާ މަސައްކަތް ހަވާލުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.އިތުރަށް މިނިސްޓަރު ވިދާޅުވެފައި ވަނީ ޖަލުތައް ވަކިން ހިންގުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށާއި، ހަރަދު ވެސް ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ގައިދީއަކު ބެލެހެއްޓުމަށް މަހަކު 27 ހާސް ރުފިޔާ ހަރަދުވާކަން ފާހަގަކުރެއްވި އެވެ. ސެންޓްރަލް ޖަލު އެޅުމާއެކު 40 ޕަސެންޓް ހިންގުމުގެ ހަރަދު ކުޑަކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިހާރު އެކި ރަށްރަށުގައި ޖަލުތައް ހުރުމުގެ ސަބަބުން، ގައިދީން ކޯޓަށް ގެންދިއުމާއި މެޑިކަލް ކަންކަމާއި ލޮޖިސްޓިކް ކަންކަމަށް ވެސް ބޮޑު ހަރަދެއް ކުރަން ޖެހޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ސެންޓްރަލް ޖަލު އެޅުމަށް 3 ގައުމަކުން ޝައުގުވެރިކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ