ރިސޯޓް ލީގުގެ އަރިއަތޮޅު ޒޯނުގެ މެޗުތައް އިއްޔެ ފެށިއިރު، އެންމެ ފަހުގެ ޗެމްޕިއަން ކޮންރެޑް މޯލްޑިވްސް ރަންގިލި އާއި ވާދަކޮށް ބާސެލޯ ވޭލް ލެގޫން މޯލްޑިވްސް އެއްވަރުކުރިއިރު، ކުރަމަތި މޯލްޑިވްސްގެ މައްޗަށް ކުރިހޯދާ ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާއިން ފެށުން ރަނގަޅުކޮށްފި އެވެ.
އަރި ޒޯނުގެ ފުރަތަމަ މެޗުގައި ކޮންރެޑް އިން ބާސެލޯއާ ދެކޮޅަށް ނުކުތްއިރު، މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ ދެ ވަނަ ހާފުގެ ފުރަތަމަ މިނިޓްގައި ބާސެލޯގެ އަހުމަދު މައިސޫން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. އެކަމަކު، އޭގެ މިނިޓް އެއް ފަހުން ކޮންރެޑްގެ ހުސެއިން ޝިފާހު ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މީގެ އިތުރުން މި މުބާރާތުގެ ދެވަނަ މެޗުގައި ވިލަމެންދޫ އިން ކުރަމަތީގެ މައްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ ދެވަނަ މިނިޓްގައި ވިލަމެންދޫ އަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލީ ފާއިޒް އެވެ.
ރިސޯޓް ލީގުގެ އަރި ޒޯނުގެ އެންމެ ކާމިޔާބު ޓީމަކީ ކޮންރެޑް މޯލްޑިވްސް އެވެ. ކޮންރެޑުން ވަނީ އަރި ޒޯނުގެ ތަށި ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ކޮންރެޑް ނޫން ޓީމަކުން މި ޒޯނުގެ ތަށި ނެގުނު ހަމައެކަނި ޓީމަކީ ވިލަމެންދޫ އެވެ.
އަރި ޒޯނުގައި މި ފަހަރު ޖުމްލަ ފަސް ރިސޯޓުން ވާދަކުރާނެ އެވެ. އެއީ މި ޒޯނުގެ މެޗުތައް ކުރިއަށްދާ ރިސޯޓް ކޮންރެޑް މޯލްޑިވްސްގެ އިތުރުން، ބާސެލޯ، ވިލަމެންދޫ، ކުރަމަތި އަދި ލިލީ ބީޗް އެވެ.
ޗެމްޕިއަން ކޮންރެޑުން ބާސެލޯއާ އެއްވަރުވިއިރު، ވިލަމެންދޫ އިން ފެށުން ރަނގަޅު ކޮށްފި ޗެމްޕިއަން ކޮންރެޑުން ބާސެލޯއާ އެއްވަރުވިއިރު، ވިލަމެންދޫ އިން ފެށުން ރަނގަޅު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ