މަޖީދީ މަގުގައި ޕާކުކުރާ އުޅަނދު ޓޯކުރަން ފަށައިފި މަޖީދީ މަގުގައި ޕާކުކުރާ އުޅަނދު ޓޯކުރަން ފަށައިފި

އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް މާލޭގެ މަޖީދީ މަގުގައި ޕާކުކުރާ އުޅަނދުތައް އިއްޔެއިން ފެށިގެން ޓޯކުރަން ފަށައިފި އެވެ.
ފުލުހުން އިއްޔެ ވަނީ މަޖީދީ މަގުން 37 ސައިކަލާއި ހަތަރު ފުރޮޅުލީ ފަސް ވެހިކަލެއް ޓޯކޮށްފަ އެވެ.
މިގޮތަށް ޓޯކުރާ އުޅަނދު ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށާއި އުޅަނދު ދުއްވި ފަރާތާމެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެ އެވެ.
މަޖީދީ މަގު 2022 ގައި މަރާމާތު ކުރުމަށްފަހު އެ މަގުގެ ދެ ފަޅީގައި ޕާކް ކުރުން މަނާކުރި އެވެ.
ފުރަތަމަ ކޮޅު އެގޮތަށް އަމަލުކުރި ނަމަވެސް މަޖީދީ މަގުގައި ޕާކް ކުރުން ވެސް މިހާރު ވަނީ ހައްދުން ނެއްޓިފަ އެވެ.
މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރަން މި ސަރުކާރުން ޕާކިން އިމާރާތްތަކަކާއި ޒޯނުތަކެއް އަޅާނެ ކަމަށް މީގެ ކުރިން ބުނި ނަމަވެސް މިހާތަނަށް އެފަދަ މަޝްރޫއެއް ފަށާފައެއް ނުވެ އެވެ.
ޕާކިން ޒޯނުތަކުގައި ޕާކްކުރުމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ