ދެ ދުވަސްތެރޭ މަންދީއަށް ތިންވަނަ ޗިޓު: މިފަހަރު ރައީސްގެ ދަރިކަލުންގެ ވާހަކަ ދެއްކި ކަމުގެ ތުހުމަތު ދެ ދުވަސްތެރޭ މަންދީއަށް ތިންވަނަ ޗިޓު: މިފަހަރު ރައީސްގެ ދަރިކަލުންގެ ވާހަކަ ދެއްކި ކަމުގެ ތުހުމަތު

އިދިކޮޅު މައި ޕާޓީ އެމްޑީޕީއިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންގެ ވާހަކަ ދެއްކި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) ގެ މައްޗަށް ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަން ފަށައިފި އެވެ.
ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދުގެ ވާހަކަ މިފަހުން އެމްޑީޕީގެ ބައެއް މެންބަރުން ދެއްކީ، ދިވެހިރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ ކުރީ އުމެއިރު ވޭޕް ކުރައްވާތީ ކަމަށް ބުނެ އެވެ. މައިގަނޑު ގޮތެއްގައި އެ ވާހަކަތަކުގައި ފާޑުކިޔާފައި ވަނީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށެވެ. ނަމަވެސް ރައީސްގެ އާއިލާގެ ފަރާތުން ވަނީ އުމެއިރު ވޭޕް ކުރާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ.
މާދަމާގެ މެންދުރުފަހު 1:30 އަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގައި މަންދީއަށް ފުލުހުން މިއަދު ފޮނުވި ޗިޓެއްގައި ބުނީ ކުޑަކުއްޖެެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކި ކަމަށް ބުނެ އޭނާއާ ދެކޮޅަށް މައްސަލައެއް ހުށަހެޅީ އޮމްބަޑްސްޕާސަންގެ އޮފީހުން ކަމަށެވެ. މިއީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މަންދީއަށް ފުލުސް އޮފީހުން ފޮނުވި ތިންވަނަ ޗިޓެވެ.
މީގެ ކުރިން މަންދީއަށް ފުލުހުން ޗިޓު ފޮނުވީ މާލޭގައި އެމްޑީޕީން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ސުވާލު ކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގަ އެވެ. އެގޮތުން މިއަދު މެންދުރުފަހު ވެސް އަދި މާދަމާ ނޫން އަނެއް ދުވަހުގެ ހެނދުނު 10:00 ގައި ވެސް ފުލުސް އޮފީހަށް ހާޒިރުވާން އޭނާއަށް ފުލުހުން ވަނީ އަންގައިފަ އެވެ.
މަންދީ އަކީ ވޭޕްގެ މައްސަލަ އާއި ރައީސްގެ އަނބިކަނބަލުންނާ ގުޅުވައި އެންމެ ފުރަތަމަ ވާހަކަ ދެއްކި އެކްޓިވިސްޓެވެ. އޭގެ ފަހުން ވަރަށް ގިނަ އިދާރާތަކުން ކުއްލިއަކަށް އެމްޑީޕީ ކުށްވެރިކޮށް ބަޔާންތަކެއް ނެރުނެވެ. އޭގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަން އަދި އިލެކްޝަންސް ކޮމިޝަން ހިމެނެ އެވެ.
އެ މައްސަލަައިގައި މަންދީގެ އިތުރުން އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް މަދަނީ ދައުވާއެއް ކުރުމަށް ފަސްޓް ލޭޑީ ސާޖިދާ ވަނީ ނިންމަވައިފަ އެވެ. ދައުވާ ކުރަނީ އެބޭފުޅުން ސީދާ ދެއްކެވި ކޮން ވާހަކައެއްގެ މައްޗަށް ބިނާކޮށް ކަމެއް ސާޖިދާގެ ވަކީލު އާޒިމާ ޝަކޫރު ވިދާޅެއްނުވެ އެވެ.
އެ މައްސަލައިގައި ސާޖިދާގެ ފަރާތުން ވަނީ ބަޔާނެއް ވެސް އާންމުކޮށްފަ އެވެ. އޭގައި ވިދާޅުވެފައި ވަނީ އުމެއިރަކީ ވޭޕް ކުރައްވާ އަދި ދުންފަތުގެ އިސްތިއުމާލު ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.
"މި ފުރުސަތުގައި އުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު ވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން ކަމުގައި، ތިޔަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ވަރަށް ސާބިތުކަމާއެކު ދަންނަވަން،" ސާޖިދާގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ