ދ. އަތޮޅުގެ ރައްޔިތުންނަށް ޕިކްނިކް ދާ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސެވި ދ. އުއްދޫ، ޕިކްނިކް ދާ ރަށަކަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކުރައްވައި، ސިޓީ ތަކާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، އުއްދޫ ދަތުރުދާ ރަށެއްގެ ގޮތުގައި ތަރައްގީ ކުރާނެގޮތުގެ ޕްލޭން ހެދުމަށްޓަކައި، އެ ރަށުގެ ޙާލަތު ދިރާސާ ކުރާނެ ޓީމެއް އިއްޔެ އެ ރަށަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
”ވަރަށް އަވަހަށް އެ ރަށް ދ އަތޮޅު ރައްޔިތުންނަށް ދަތުރު ދާ ރަށެއްގެ ގޮތުގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖައްސާނަން.“ ވަޒީރު ވިދާޅުވުއެވެ.
Advertisement
ދ. އުއްދޫއަކީ މީގެ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރި އުސޫލުން ބޭނުންކުރަމުންދިޔަ ރަށެކެވެ.
އެހެންނަމަވެސް އެރަށުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެރަށް ވަނީ ސަރުކާރަށް އަނބުރާ ލިބިފައެވެ. އުއްދޫ މިހާރު ހަވާލުކޮށްފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާއެވެ.
ދ. އަތޮޅުގެ ރައްޔިތުން ދަތުރުދާން ހަމަޖެއްސި އުއްދޫ، ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ