ވިޔަފާރީގެ ބޭނުންތަކަށް އިމާރާތާއި ގަރާޖު ގަތުމަށް ހާއްސަ ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިންއެއް ބީއެމްއެލް އިން ތައާރަފްކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ މި ފައިނޭންސިން ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް 30 މިލިއަން ރުފިޔާއާ ހަމައަށް ލިބިގެންދާނެ ކަމަށާއި، އަދި އެއީ 12 ޕަސެންޓުގެ ރޭޓެއްގައި ކަމަށެވެ.
ބީއެމްއެލް އިން ބުނީ ވިޔަފާރި ފުޅާކޮށް ދެމެހެއްޓެނިވި ކުރިއެރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޔަތުގައި ބީއެމްއެލް އިން ތައާރަފްކުރި މި ފައިނޭންސިންގެ މުއްދަތަކީ 15 އަހަރު ކަމަށެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ މި ފައިނޭންސިންގެ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގައި ރެޖިސްޓާ ކުރެވިފައިވާ ބިޒްނަސްއަކަށް ވާން ޖެހޭނެ ކަމަށާއި، މަދުވެގެން 2 އަހަރު އޮޕަރޭޝަންގައި ހުރި ބިޒްނަސް އަކަށްވެސް ވާން ޖެހޭނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބީއެމްއެލް އިން މި މަހުގެ 25 ވަނަ ދުވަހު ހއ. އަތޮޅަށް ގެސްޓްހައުސް ފައިނޭންސިންވެސް ވަނީ ތައާރަފް ކޮށްފައެވެ. މި ފައިނޭންސިން ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެލްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ހއ. އަތޮޅުގައި ގެސްޓްހައުސް ފައިނޭންސިން ތައާރަފުކުރުމަކީ އިގްތިސާދީ ކުރިއެރުން އިތުރުކޮށް، ދިވެހިން ހިންގާ ވިޔަފާރިތަކަށް ބާރުވެރިކަން ހޯދައިދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ރަމްޒެއް ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފްސާވިސް ބޭންކިން ސެންޓަރާއި، 165 އޭޓީއެމްއާއި، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އިމާރާތާއި ގަރާޖު ގަންނަން ބީއެމްއެލް އިން ލޯން ސްކީމެއް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ