ރައީސްގެ ނަސޭހަތް: ދޮގާއި ފިތުނަ ފަތުރަން އުޅޭ މީހުންނާ ދުރަށް ދޭ

މި ރޯދަ މަހުގެ ތެރޭގައި، ދޮގާއި ފިތުނަ ފަތުރަން މަސައްކަތް ކުރާ ކޮންމެ ބަޔަކާ ދުރުވެ، ހުލްގު ހެޔޮޮ އިންސާނަކަށް ވުމަށް އަޒުމު ކަނޑައެޅުމަށް ރައީސް މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - މާދަމާއަކީ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި މިރޭ އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ. އެއާއެކު، ނެރުއްވި ހިތޯބެއްގައި ރައީސް ވަނީ ރޯދަ އަކީ އަހަރަކު އެއް ފަހަރު ބައްދަލު ކުރާ މެހުމާނެއް ކަމުގައި ވިދާޅުވެ، އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ގިނަ ނަސޭހަތްތަކެއް ދެއްވާފަ އެވެ.
އެގޮތުން އެ މަނިކުފާނު އެދިވަޑައިގެންނެވި ކަންކަމުގެ ތެރޭގައި:
ރޯދަ މަހު އުޅުމާއި ގުޅުންތަކަށް އަންނަ ހެޔޮ ބަދަލުތައް މުޅި ހަޔާތުގައި ވެސް ދެމެހެއްޓުން
ދަރިންނަށާއި ކޮންމެ ކުޑަކުއްޖަކާއި ޒުވާނުންނަށް ރީތި ނަމޫނާ ދައްކާ، ހަރުދަނާ ސިފަތައް އުނގަންނައިދިނުން
ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ އަމިއްލަ ނަފްސަށް ގެއްލުން ހުރި އާދަތަކުން ދުރުވުމުގެ ފުރަތަމަ ފިޔަވަޅުކަމުގައި ހެދުން
އިސްރާފު ކުރުމާއި ވަގުތުގެ ނިއުމަތް ބޭކާރު ކުރުން ފަދަ ވަސްވާސްތަކާ ފެޔަށް ޖެހުން
ފުދުންތެރި ދިރިއުޅުމެއް ހިޔާރުކޮށް، މާދަމާއަށްޓަކައި ދުނިޔަވީ އަދި އުހުރަވީ ގޮތުން މަންފާހުރި އަމަލާއި ހެޔޮކަން، މި މަހުގައި ގޮވާން ކުރުން
 "ކޮންމެ ދިވެއްސަކީ ވެސް އާއިލާ ދެކެ ލޯބިވާ، އަވަށްޓެރިންނަށް ކަމޭހިތައި، ރަހްމަތްތެރިކަމުގެ ހައްގުތައް އަދާކުރާ އިހްސާންތެރިއަކަށް ވުމުގެ މޮޓޯގައި މި މަހުން ފެށިގެން ހިފަހައްޓަމާތޯއެވެ؟" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ ރައްޔިތުންގެ ހިޔާވަހިކަން ކަށަވަރުކޮށްދީ، ދިރިއުޅުމުގެ މުހުތާދުތައް ފުއްދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ހަލުއި ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮންމެ ރޯދަ މަހަކު ވެސް، އޯގާތެރިކަމާއި ކުލުނާއި ދީލަތިކަމުގެ ނަމޫނާ ދައްކައި، ރައްޔިތުންގެ ހިތަށް ތަސައްލީ ލިބިދިނުމުގައި ސަރުކާރުން އިސް ނަގާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ