އަންހެން ޓީޗަރަކު ފިރިހެން ދަރިވަރަކު ގްރޫމްކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަނީ

އަންހެން ޓީޗަރަކު ގްރޭޑް އަށެއްގައި އުޅޭ ފިރިހެން ދަރިވަރަކު ގްރޫމްކުރިކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މި މައްސަލަ ފުލުހަށް ރިިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 21ވަނަ ދުވަހު ކަމަށެވެ. މިއީ ދެކުނުގެ ރަށެއްގައި ހިނގި ހާދިސާއެކެވެ."މި މައްސަލައާ ގުޅޭ މައުލޫމާތު ކަމާގުޅުންހުރި އިދާރާތަކާ ހިއްސާކޮށް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުން ހިއްސާކުރި މެސެޖުގައި ވެއެވެ.ޓީޗަރުގެ މައްސަލަ ތަހުގީގު ކުރަމުން ދިޔަ ނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީން ޓީޗަރަށް އެއްވެސް ފިޔަވަޅެއް އެޅި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.ގުރޫމް ކުރުމަކީ ޖިންސީ އަމަލެއް ހިންގުމުގެ ޝައުގުވެރިކަމުގައި ކުއްޖަކަށް ފައިސާ ނުވަތަ މާއްދީ އެހީއެއް ދީގެން ކުއްޖާގެ އިތުބާރު ހޯދައި ޖަޒުބާތީ ގުޅުމެއް ގާއިމުކުރުމެވެ.ކުއްޖަކު ގްރޫމް ކުރިކަން ސާބިތުވެއްޖެނަމަ އެ މީހަކަށް 10 އަހަރާއި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ