އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް، އެ ސިޓީއަށް ގެންދިޔަ ޖެންސެޓް އިންސްޓޯލް ކޮށްފިއެވެ.
ފެނަކައިން ބުނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓް ޔަގީން ކުރުމަށްޓަކައި، އެ ސިޓީގެ ސީޕީއެސްއަށް ހޯދުނު 1.8 މެގަވޮޓުގެ ޖެންސެޓް އިންސްޓޯލްކޮށް، މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވާ ސްޓޭޝަނެއްގައި ބޭނުންކުރަމުންދާ ޖަނަރޭޓަރު ސެޓުތަކުގެ ތެރެއިން ތިން ޖަނަރޭޓަރު ސެޓަށް މައްސަލަ ދިމާވެފައި ވާއިރު އިތުރު އެއް ޖަނަރޭޓަރު ސެޓް މަރާމާތު ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.
ފެނަކައިން މީގެ ކުރިން ބުނެފައިވަނީ ހަލާކުވެފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން އެއް ޖަނެރޭޓަރު މަރާމާތުކޮށް، މިހާރު ބޭނުން ކުރަމުން އަންނައިރު ދެ ވަނަ ޖަނެރޭޓަރު މަރާމާތުކޮށް މި ހަފުތާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ، އަދި ރާއްޖެއިން ބޭރުން ސްޕެއާ ގެނެސްގެން ތިން ވަނަ ޖަނެރޭޓަރު މަރާމާތުކޮށް، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސްތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުވެ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ލޯޑް ބޮޑުވާ ގަޑިތަކުގައި ކަރަންޓު ކެޑުމުގެ ސަބަބުން އަގު ބޮޑު ސާމާންތައް ހަލާކުވާ މައްސަލަތައްވެސް ވަނީ ފެންމަތިވެފައެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން މިހާރު ކަރަންޓު ކެނޑޭ ގަޑިތައް ރައްޔިތުންނަށް އެންގުމަށްޓަކައި ފެނަކައިން އަންނަނީ ވައިބާ ގުރޫޕަށް ނޯޓިސްއެއް ފޮނުވަމުންނެވެ.
އައްޑުއަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖެންސެޓް އިންސްޓޯލްކޮށް، ބޭނުންކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ