700 އިންޖީނު ވިއްކާލެވުނީ އާފްޓާ ސޭލްސް ސާވިސްއަށް އިތުބާރުން: މެރިން ވައިބް 700 އިންޖީނު ވިއްކާލެވުނީ އާފްޓާ ސޭލްސް ސާވިސްއަށް އިތުބާރުން: މެރިން ވައިބް

ހޮންޑާ މެރިންގެ ރާއްޖޭގެ އޮފިޝަލް ޑިސްޓްރިބިއުޓާ މެރިން ވައިބުން ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި 700 އަށްވުރެ ގިނަ އިންޖީނު ވިއްކާލެވުނީ އާފްޓާ ސޭލްސް ސާވިސްގެ ހިދުމަތަށް އޮތް އިބާރު ބޮޑުވުމުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މެރިން ވައިބުގެ ޗީފް އިންޖިނިއަރު އިސްމާއިލް މުހައްމަދު "އަދަދު" އަށް ވިދާޅުވީ މިދިޔަ ތިން އަހަރު ތެރޭގައި ލޯންޗެއްގައި އަޅާފައި ހުރި އެއްވެސް އިންޖީނެއް ގްރައުންޑުވެގެން ޝަކުވާއެއް ލިބިފައި ނުވާތީ އެކަމާ ފަހުރުވެރިވާ ކަމަށެވެ.
"މިވަރަށް މި އިންޖީނުތައް ވިކުމުގައި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މި ހިމެނެނީ އާފްޓާ ސޭލްސް ސާވިސް ރަނގަޅުވުމާއި ފިއުލް ކޮންސަޕްޝަންގެ އިތުރުން ކަސްޓަމަރުން ކުރާ އިތުބާރު،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ހޮންޑާ މެރިންގެ ލޯޔަލް ކަސްޓަމަރުން ތިބިކަން ފާހަގަކުރައްވާ އިސްމާއިލް ވިދާޅުވީ ރާއްޖޭގައި ލޯންޗު ބަންނަ މަޝްހޫރު އެއް ޔާޑުން މެރިން ވައިބާ ގުޅި، ލޯންޗުތަކުގައި ހޮންޑާ މެރިންގެ އިންޖީނުތައް ބޭނުން ކުރުމަކީ ކުރިއެރުމެއް ކަމަށެވެ.
އިސްމާއިލް ވިދާޅުވީ ހޮންޑާ މެރިން ރާއްޖެއަށް ތައާރަފްކުރިއިރު އެންމެ ބޮޑަށް އިސްކަން ދިނީ އާފްޓާ ސޭލްސް ސާވިސް ރަނގަޅު ކުރުމަށް ކަމަށެވެ. އެގޮތުން ހޮންޑާ މެރިން ރާއްޖޭގައި ފެށީ ތަޖުރިބާކާރު ސާވިސް ޓިމަކާއި ފެންވަރު ރަނގަޅު ސާވިސް ސެންޓަރަކާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ނަން މަޝްހޫރު ތަޖުރިބާހުރި ސާވިސް ޓީމެއް އަޅުގަނޑުމެންގެ ތެރޭގައި އޮންނާނެ. ވަރަށް ބޮޑު އެޗީވްމަންޓެއް ހިމެނޭ އަޅުގަނޑުމެން ހޮންޑާ މިހިސާބަށް ސޭލްސް ހައި ކުރުމުގައި ސާވިސް ޓީމުގެ ވަރަށް ބޮޑު އެއްބާރުލުމެއް އޮތް،" އޭނާ ވިދާޅުވި އެވެ.
ހޮންޑާ މެރިން އިންޖީނުގެ ތެޔޮ ހަރަދު ކުޑަ ކަމަށްވާއިރު، އެ އިންޖީނުގައި ގިއަރު ބޮކްސް ވަރުގަދަ އެވެ. އަދި އެ އިންޖީނަކީ ލޮނަށް ނުގިރޭ އިންޖީނެކެވެ.
މެރިން ވައިބުގެ ޝޯރޫމްތައް ހުންނަނީ އޯކިޑު މަގުގަ އެވެ. އަދި ސާވިސް ސެންޓަރު ހުންނަނީ މުރަނގަ މަގުގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ