ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކެނޑުނު މައްސަލާގައި ހާއްސަ ތަހުގީގެއް ފަށާފައިވާކަން ފުލުހުން ހާމަކޮށްފި އެވެ.
މާލެ، ހުޅުމާލެ، ވިލިނގިލި އަދި ހުޅުލެއިން ކަރަންޓު ކެނޑިފައިވާތާ ދޮޅުގަޑިއެެއްހާއިރު ވެއްޖެ އެވެ. ސްޓެލްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި މުޅި ކަރަންޓު ގްރިޑު އެއްކޮށް ނިވުނީ އާތު ފޯލްޓެއްގެ ސަބަބުންނެވެ.
"ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށައިފަ،" ދާދި ދެންމެއަކުން ފުލުހުން ބުނެފައި ވެ އެވެ.
އެ ކަމާ ގުޅޭ ހާއްސަ ތަހުގީގެއް އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ގަޑިއެއްހާއިރު ކުރިން ހާމަކުރައްވާފަ އެވެ.
"މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން،" ސައުދީ އަރަބިއްޔާގައި މިވަގުތު ހުންނެވި ރައީސް މުއިއްޒު އެކްސްގައި ޕޯސްޓު ކުރެއްވި އެވެ.
މާލޭއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ދެންމެއަކު ބުނެފަ އެވެ. ،
ކަރަންޓު ކެނޑުނު މައްސަލާގައި ފުލުހުންގެ ހާއްސަ ތަހުގީގެއް ފަށައިފި ކަރަންޓު ކެނޑުނު މައްސަލާގައި ފުލުހުންގެ ހާއްސަ ތަހުގީގެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ