މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ނީލަން ޕޯޓަލްގެ ތެރެއިން ހިތަދޫ ޕޯޓުން ހުޅުވާލާ ނީލަންތަކުގައިވެސް މިހާރު ބައިވެރިވެވޭނެކަމަށް އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.
އެމްޕީއެލްއިން އާންމުކުރި ނޫސް ބަޔާނެއްގައި ވިދާޅުވީ ނީލަން ޕޯޓަލްގައި ކުރިން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް، އިތުރަށް ރަޖިސްޓްރީ ނުކޮށް އަދި އިތުރު ފީއެއް ނުދައްކައި ހިތަދޫ ޕޯޓުގެ ނީލަންތަކުގައި ބައިވެރިވެވޭނެ ކަމަށެވެ.
މި ޕޯޓަލްގެ ތެރެއިން މީގެ ކުރިން ބައިވެރިވެވެނީ ހަމައެކަނި މާލޭ ވިޔަފާރި ބަނދަރުން ހުޅުވާލާ ނީލަންތަކުގައި އެކަންޏެވެ.
އެމްޕީއެލްގެ އޯކްޝަން ޕޯޓަލް 2022 ވަނަ އަހަރު ތައާރަފް ކުރެވުނީ، މާލެ ވިޔަފާރި ބަނދަރަށް ގެނެސް ގިނަ ދުވަސްވެ، ކްލިއާ ނުކޮށް ހުންނަ މުދާ ނީލަން ކިޔުމުގައި ގިނަ ބަޔަކަށް ފަސޭހަކަމާ އެކު ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.
“ނީލަން ޕޯޓަލްގައި ކުރިން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް، އިތުރަށް ރަޖިސްޓްރީ ނުކޮށް އަދި އިތުރު ފީއެއް ނުދައްކައި ހިތަދޫ ޕޯޓުގެ ނީލަންތަކުގައި ބައިވެރިވެވޭނެ . އަދި އެއް ވަގުތެއްގައި ތަފާތު ނީލަންތަކުގައިވެސް ޕޯޓަލްގެ ތެރެއިން ބައިވެރިވެވޭނެ. މީގެ އިތުރުން ޕޯޓަލްގެ ތެރެއިން ޕޯޓުގައި ހުންނަ މުދާތައް ގަތުމަށް އޮންލައިންކޮށް ބައިވެރިވެ، ފައިސާވެސް ދެއްކޭނެ ” ނޫސް ބަޔާނުގައި ވެއެވެ.
އެމްޕީއެލުން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ކުޅުދުއްފުށީ ޕޯޓުން ހުޅުވާލާ ނީލަންތަކުގައިވެސް ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.
އެމްޕީއެލްގެ ނީލަން ޕޯޓަލްގެ ތެރެއިން ނީލަން ކިޔާނީ ޕޯޓުތަކުގައި ނުގެންގޮސް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުންނަ މުދާތަކެވެ.
ހިތަދޫ ޕޯޓަށް ގެންނަ މުދާތަކުގެ ތެރެއިން އާންމުކޮށް ގޮތެއްގައި ކްލިއަނުކޮށް ގިނަ ދުވަސްވެގެން ނީލަމުގައި ވިއްކާލަނީ މޮޓޯ ވެހިކަލްތަކެވެ.
ހިތަދޫ ޕޯޓުން، އޭސީ އާއި އައުޓްބޯޑު އިންޖީނުތައް ހިމެނޭގޮތަށް، ގިނަ މުދާތަކެއް ނީލަން ކިޔަނީ! އައްޑޫ ރީޖަނަލް ޕޯޓު ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ: އިލްޔާސް ހިތަދޫ ޕޯޓްގެ މާލީ ކަންކަން ރަނގަޅަށް ބެލެހެއްޓިފައެއް ނެތް: އޮޑިޓް ރިޕޯޓް އައްޑޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ