އެމްއެންޔޫއާއި ސޮނީ ގުޅިގެން މަސްވެރިކަމުގެ ސަގާފަތާ ގުޅުންހުރި ސެމިނާއެއް ބާއްވައިފި

ދިވެހިރާއްޖޭގެ ގައުމީ ޔިނިވާސިޓީ އެމްއެންޔޫއާއި ސޮނީ ފިޝިން ގުޅިގެން ސައިންސާއި ތިމާވެށި ރައްކާތެރިކުރުމާއި މަސްވެރިކަމުގެ ސަގާފަތާއި ގުޅުންހުރި ސެމިނާއެއް ބާއްވައިފިއެވެ. އެމްއެންޔޫގެ ސެންޓްރަލް އޭރިއާ އޮޑިޓޯރިއަމްގައި ބޭއްވި އެ ސެމިނާގައި ރާއްޖޭގެ މަސްވެރިކަމާ ގުޅޭ މައުލޫމާތު ވަނީ ވަރަށް ތަފްސީލުކޮށް ހިއްސާކޮށްފައެވެ. އެގޮތުން ރާއްޖޭގައި މައިގަނޑު ގޮތެއްގައި އެންމެ ގިނައިން ބާނައި އުޅޭ މަހުގެ ބާވަތްތަކާއި މަސްވެރިކަން ކުރުމަށް ދިވެހީން ބޭނުންކުރަމުން އަންނަ އުކުޅުތަކާ ބެހޭގޮތުން ވަނީ ވަރަށް ތަފްސީލުކޮށް މައުލޫމާތު ފޯރުކޮށްދީފައެވެ. މި ސެމިނާގައި ވަނީ ދިވެހީން ކުރީ ޒަމާނުގައި މަސްވެރިކަން ކުރަމުން އައި ގޮތާ ގުޅޭގޮތުން ވެސް ވަރަށް ތަފްސީލުކޮށް މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ހިސާބު ބެލުމަށް އޭރު ގެންގުޅުނު ލޮގުފޮތުން ފެށިގެން މިހާރު މަސްވެރިކަމުގައި ބޭނުންކުރާ އިލެކްޓްރޯނިކް މޮނިޓަރިންއަށް އައި ގޮތުގެ ވާހަކަ މި ސެމިނާގައި ވަނީ ދައްކާފައެވެ. އެމްއެންޔޫއާއި ސޮނީ ގުޅިގެން މަސްވެރިކަމުގެ ސަގާފަތާ ގުޅުންހުރި ސެމިނާއެއް ބާއްވައިފި --- ފޮޓޯ/ ސަން ފޮޓޯ: މޫސާ ނަދީމް މީގެ އިތުރުން ސެމިނާގައި ވަނީ މީގެ 15 އަހަރުގެ ކުރީން ރާއްޖޭގައި، މުނިފޫހިފިލުވުމަށް، ކުޅިވަރުގެ ގޮތުގައި މަސްވެރިކަންކޮށް އެކަމުގައި 10 އަހަރުގެ ތަޖުބާ ހޯދާފައިވާ މޫސާ ކަލީމް، އޭނާގެ ތަޖުރިބާ ވެސް ހިއްސާކޮށްްފައެވެ. އޭނާ ވަނީ އޭރު ދޮށި އެއްލައިގެން މަސް ބޭނޭ ވަރާއި މިއަދުގެ މަސް ބޭނޭވަރު ވަރަށް ބޮޑުތަނުން ތަފާތުކަމަށް ބުނެފައެވެ. "އަހަރެންގެ ރެކޯޑު ދުވަހީ، މީގެ 13 ވަރަކަށް އަހަރު ކުރީން ވ. އަތޮޅުގައި މަށާ އިތުރު ދެ ފްރެންޑަކާ ތިން މީހުން މަސް ބާނަން ނިކުމެ ބޭނިން ގުނައިގެން 175 ހަނދި. ތިން މީހުން ވެގެން،" މޫސާ ކަލީމް އޭނާގެ ތަޖުރިބާ ހިއްސާކުރިއެވެ. އެމްއެންޔޫގައި ބޭއްވި ސެމިނާގެ ތެރެއިން: ސްޕޯޓްސް ފިޝިންގެ 10 އަހަރު ދުވަހުގެ ތަޖުރިބާކާރު މޫސާ ކަލީމް --- ފޮޓޯ/ ސަން ފޮޓޯ: މޫސާ ނަދީމް އޭނާ ވަނީ އޭރު ބޭނޭ މަހުގެ ސައިޒު ވެސް ބޮޑުކަން ފާހަގަކޮށްފައެވެ. މީގެ 25 އަހަރު ކުރިއަށް ބަލައިފިނަމަ މަސް ބާނަން މާލެ އަތޮޅުން ބޭރަށް ދާން ނުޖެހޭ ކަމަށާއި ނަމަވެސް މިހާރު މާލެ އަތޮޅުގައި މަސް ބާނަން އެއްލާނެ ތަނެއް ނޭނގޭކަމަށް ބުނެ އޭނާ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ސެމިނާގައި ވަނީ މިހާރު ރާއްޖޭގައި ސްޕޯޓްސް ފިޝިން ނުވަތަ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަން ކުރިއަރާފައިވާ މިންވަރު ކިޔައިދީފައެވެ. މުޙައްމަދު އަންވަރު ނުވަތަ މަޝްހޫރު ނަމުންނަމަ ކެޕްޓަން އަންވަރު ވަނީ ސްޕޯޓްސް ފިޝިންގައި ރާއްޖެ ކުރިއަރާފައިވާ ހާލަތާއި މިންވަރު ވަރަށް ތަފްސީލުކޮށް ހިއްސާކޮށްފައެވެ. އެމްއެންޔޫގައި ބޭއްވި ސެމިނާގެ ތެރެއިން: މުޙައްމަދު އަންވަރު ނުވަތަ މަޝްހޫރު ނަމުންނަމަ ކެޕްޓަން އަންވަރު --- ފޮޓޯ/ ސަން ފޮޓޯ: މޫސާ ނަދީމް އަދި މަސްވެރިކަމުގެ އާލާތްތަކަށް މިހާރު އައިސްފައިވާ ބަދަލުތަކާއި މަސްވެރިކަން ދެމެހެއްޓުމަށް ސޮނީ ފިޝިންގެ ދައުރު ސެމިނާގައި ވަނި ވަރަށް ތަފްސީލުކޮށް ބައިވެރީންނަށް ކިޔައިދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ