އެސްޓަންވިލާ އަދި މެންޗެސްޓާ ސިޓީ އެފްއޭކަޕްގެ ސެމީފައިނަލުން ޖާގަހޯދައިފި

އިނގިރޭސި އެފްއޭކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އެސްޓަންވިލާ އަދި މެންޗެސްޓަރ ސިޓީން މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދައިފިއެވެ.
އެސްޓަންވިލާ މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ރޭ ރަށުން ބޭރުގައި ޗެންޕިއަންޝިޕްގެ ޕްރިސްޓަން 3-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. މިމެޗުގައި އެޓީމުގެ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޖޭކޮބް ރަމްސޭ އެވެ. 
މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް މެންޗެސްޓަރ ސިޓީ ސެމީފައިނަލުން ޖާގަހޯދީ ރޭ ރަށުން ބޭރުގައި ބޯންމައުތާއި ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލުގެ ފަހު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ބޯންމަތު ބަލިކުރުމަށްފަހު އެވެ.
Advertisement
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެމިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބޯންމައުތުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބުރެޒިލް ފޯވާޑް އެވަނިލްސަން އެވެ.
ނަމަވެސް އޭގެ ކުރިން މެޗު މެޗުގެ ލީޑުހޯދުމަށް މެންޗެސްޓަރ ސިޓީއަށް ވަނީ ޕެނަލްޓީއެއް ވެސް ލިބި ބޭނުންކުރެވޭ ގޮތް ނުވެފައެވެ. ސިޓީގެ ފޯވާޑް އެރްލިންގ ހާލަންޑް ކުރިއަށް ފޮނުވާލި ޕެނަލްޓީ ބޯންމައުތުގެ ކީޕަރު ކެޕާ ވަނީ ދިފާއުކޮށްފައެވެ.
މެންޗެސްޓަރ ސިޓީން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފު ފެށިފެން ހަތަރުވަނަ މިނެޓުގައި ހާލަންޑް ކާމިޔާބުކުރިއިރު، އެޓީމު މިމެޗުން މޮޅުވި ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިސްރު ފޯވާޑް އޮމަރު މަރުމޯޝް އެވެ.
މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި އެޕްރީލް 26 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި އެސްޓަންވިލާ އިން ނުކުންނާނީ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށެވެ. އަދި ސެމީފައިނަލް ދެވަނަ މެޗުގައި ހަމައެރޭ ރަށުން ބޭރުގައި މެންޗެސްޓަރ ސިޓީ އިން ނުކުންނާނީ ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ