އާ އަހަރު ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީ އިން އިންތިޒާމުކޮށްގެން ބާއްވަން ހަމަޖެއްސި 'ދިވެހިންގެ ރާއްޖެ ފެސްޓިވަލް 2024' މިއުޒިކް ޝޯ މޫސުން ތަންނުދޭތީ ފަސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އާ އަހަރު ފާހަގަ ކުރުމަށް ދިވެހިންނަށް ހާއްސަކޮށްގެން އާދީއްތަ ދުވަހުގެ ހަވީރާއި ރޭގަނޑު ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.
ތަފްސީލް - ޔޫތު މިނިސްޓްރީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އާދީއްތަ ދުވަހު ބާއްވާ ފެސްޓިވަލުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންގެ ޝައުގުވެރިކަން އެބައޮތް ކަމަށެވެ.
ނަމަވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓު އޮފީހުން ޔެލޯ އެލާޓު ނެރެފައިވާތީ، ދަތުރުފަތުރު ކުރުމުގައި ދިމާވާނެ ދަތިތަކާ ގުޅިގެން، ފެސްޓިވަލުގެ ރޭގަނޑުގެ ހަރަކާތް ފަސްކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ރޭގަނޑު ބާއްވަން ނިންމާފައިވަނީ މިއުޒިކް ޝޯއަކާ އެކު ލޭޒާ ޝޯއަކާއި ހަވާ އެރުވުން
މިއުޒިކް ޝޯ ކުރިއަށް ގެންދަން ރާވާފައި ވަނީ ދިވެހި ފަންނާނުންނަށް ފުރުސަތު ދީގެން
ހަވީރު އޮންނާނީ ކުޑަކުދިންނަށް ހާއްސަ ހަރަކާތެއް
މި ހަރަކާތްތައް ރާވާފައިވަނީ ހުޅުމާލޭގައި ކުރިއަށް ގެންދާ ގޮތަށް
މިނިސްޓްރީ އިން ބުނީ މޫސުން ތަންދިންހާ އަވަހަކަށް އެ ހަރަކާތް ބާއްވާނެ ތާރީއެއް އިއުލާނު ކުރާނެ ކަމަށެވެ.
މޫސުން ގޯސްވެ އާ އަހަރުގެ މިއުޒިކް ޝޯ ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ