މީހުންގެ ޙައްޤުތަކަށް އަރައިގަނެ، އަބުރު ކަތިލުމަކީ ނޫސްވެރިކަމުގެ މިނިވަންކަމެއް ނޫން: އާމިރު ވަޒީރު އާދަމް ޝަރީފް އައްޑޫގެ ގެތަކަށް ޒިޔާރަތްކުރައްވައި ޙާލު ބައްލަވައިފި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް

އޮންލައިންކޮށް ޚަބަރާއި މަޢުލޫމާތު ފަތުރަމުންދިޔަ ބައެއް ވެބްސައިޓްތައް ބްލޮކްކޮށް ރާއްޖެއިން ނުވަދެވޭގޮތް ހަދަމުންދާއިރު، ސަރުކާރުގެ މި އަމަލަކީ ގާނޫނު އަސާސީއާއި ހިލާފު އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވެއްޖެއެވެ.
ޚަބަރާއި ރިޕޯޓު އަދި އެ ޒާތުގެ ލިޔުންތައް ލިޔެ ޝާއިޢުކުރަމުންދިޔަ ދެ ވެބްސައިޓެއް ސަރުކާރުން ބްލޮކްކުރި މައްސަލަ ކުއްލި މައްސަލައެއްގެގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ވެލިދޫ ދާއިރާގެ މެންވަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ އޮންލައިންކޮށް ޚަބަރާއި މަޢުލޫމާތު ފަތުރަމުންދިޔަ ބައެއް ވެބްސައިޓްތައް ބްލޮކްކޮށް ރާއްޖެއިން ނުވަދެވޭގޮތް ހަދަމުންދާއިރު، ސަރުކާރުގެ މި އަމަލަކީ ގާނޫނު އަސާސީއާއި ހިލާފު އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުންކަމަށެވެ.
ސަރުކާރުގެ މި އަމަލަކީ ނޫސްވެރިންނާ ނޫސްތަކަށާ ޖުމްލަގޮތެއްގައި ދިވެހި ރައްޔިތުންނަށް ދީފައިވާ އިންޒާރެއްގެ ގޮތުގައި ދެކޭކަމަށާއި އަދި ޑިމޮކްރަސީއާ ބީރަށްޓެރި މި އަމަލުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ ހަޔާތުގައި އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެންދާފަދަ ބިރުވެރި ނިންމުމެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށް މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވިއެވެ.
ނޫސްވެރިންނަށާ ނޫސްތަކަށް ބިރުދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ ވެބްސައިޓްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށާ، ގާނޫނު އަސާސީން ލިބިދޭ ހައްގުތައް އެންމެ ފުރިހަމަޔަށް ކަށަވަރު ކުރުމަށް މެންވަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށައެޅުއްވި ކުއްލި މައްސަލައިގާ ވަނީ ގޮވާލާފައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ