މޫސުން ގޯސް، އުތުރަށް ވަރަށް ވިއްސާރަ

މިމަހު ކުރި ގަދަ ވިއްސާރައިގައި 84 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފަ އެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޅ. ކުރެންދޫގެ ގޭގެއަށެވެ.
ކުރިއަށް އިތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް / ހުދު ސަމާލެއް ނެރެފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހިދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.މިއަދު ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގަ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ. ކަނޑު އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ. ރާޅު ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގެ އުސްމިނެއްގަ އެވެ."... ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީވެ މޫސުމަށް ސަމާލުވެލެއްވުން އެދެން،" މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފައިވާއިރު، މެޓުން ވަނީ ހެނދުނު ހުދު ސަމާލެއް ނެރެފައި ވަނީ ރާއްޖޭގެ އުތުރަށެވެ. އެއީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށެވެ. އެ ސަރަހައްދަށް ބޯކޮށް ވާރެ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެ ސަރަހައްދަށް މިދިއަ ހަފުތާގައި ވެސް ވަނީ ވަރަށް ބޮޑަށް ވިއްސާރަ ކޮށްފަ އެވެ.މި މަހު ކުރި ގަދަ ވިއްސާރައިގައި 84 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފަ އެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޅ. ކުރެންދޫގެ ގޭގެއަށެވެ.އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ގިނަ ބަޔަކު ދަނީ ދަތުރުފަތުރު ކުރަމުންނެވެ. ކަނޑުމަގުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓުން އެދެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ