ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ބާރުވެ، ކަނޑުތައް ގަދަ ވާނެ ކަމަށާއި އަދި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން އިއްޔެ އާއި މިއަދު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހަތަރު ރަށެއްގައި ވަނީ ފެންބޮޑުވެފަ އެވެ. އެއީ ޅ. ނައިފަރާއި އއ. ފެރިދޫ އާއި ށ. ގޮއިދޫގެ އިތުރުން ބ. މާޅޮހެވެ.
ފެން ބޮޑުވި ރަށްތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ އެހީއާއެކު އަންނަނީ ކުރަމުންނެވެ.
މޫސުން ގޯސްވުމާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށާއި، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މެންދަމުގެ ވަގުތުގައި ވާރޭ ވެހި ގޯތި ތެރެއަށާއި ގެއަށް ފެން ވަނުމުގެ ސަބަބުން ފަރުނީޗަރަށާއި ހިފާ ގެންގުޅޭ ސާމާނަށާއި އިލެކްޓްރޯނިކްސް ސާމާނަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ގެއަށާއި ގޯތިތެރެއަށް ފެންނުވަންނާނެހެން ވެލި ބަސްތާ ޖެހުމަށް އިލްތިމާސްކޮށްފަ އެވެ.
ކުރިއަށް އޮތް ދެ ދުވަހު މޫސުން ވަރަށް ގޯސްވާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ