ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ އައްޑޫ ހިތަދުއަށް

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މިއަދު އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭވެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށް ކަމަށް ހާމަވެއްޖެއެވެ. އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް ހިތަދުއަށް 119.2 މިލިމީޓަރުގެ ބޯކޮށް ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. މެޓް އޮފީހުން ދޫކުރި މައުލޫމާތުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ހިތަދުއަށް އެންމެ ގިނައިން ވާރޭވެހިފައިވާއިރު، ދެވަނައަށް އެންމެ ބޯކޮށް ފެނުނީ އައްޑޫ ސިޓީ ގަމަށެވެ. އެއީ، 66 މިލިމީޓަރުގެ ވާރެއެވެ. ތިންވަނައަށް އެންމެ ބޯކޮށް 54 މިލިމީޓަރުގެ ވާރޭ ވެހުނީ ވެސް އައްޑޫ ސިޓީ ހުޅުމީދުއަށެވެ. އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް ވާރޭ ރެކޯޑުކުރެވިފައިވާ ބައެއް ރަށްތަކުގެ މިންތައް-- ފޮޓޯ/ މެޓްމިއަދުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވިއްސާރަކޮށް، ގުގުރުމާ އެކު ވާރޭވެހުން އެކަށީގެންވެއެވެ. މެދުތެރޭގެ އަތޮޅުތަކަށް ކޮންމެ ވެސް ވަރަކަށް ވާރޭވެހުން އެކަށީގެންވާއިރު، އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެއެވެ. އަދި، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރުން ނުވަތަ އުތުރުން ގަޑިއަކު 13 މޭލާއި ތިން މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި ފަސް މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ