ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކު، އާރުޓީއެލް މަޝްރޫއުގެ ދަށުން ބ. އަތޮޅުގައި އެ ހިދުމަތް ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފައްޓަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ތަފްސީލް - އަހަރު ނިމުމުގެ ކުރިން، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފެރީގެ ހިދުމަތް ފެށުމަށް ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މި ހިދުމަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ހަފްތާ ހިލޭ ހިދުމަތް ލިބޭނެ އެވެ.
އަންނަ މަހު 4 އިން ފެށިގެން ފެރީގެ ދަތުރުތަކަށް ޓިކެޓް ގަންނަން ޖެހޭނީ
ޓިކެޓް ގަންނަން ބޭނުންވާ ކަސްޓަމަރުން އަންނަ މަހު 1 އިން ފެށިގެން އާރުޓީއެލް ވެބްސައިޓު އަދި މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި
މި ހިދުމަތާ އެކު ބ. އަތޮޅުގައި އޮންނަ 13 ރަށް ވަނީ ފެރީ ނިޒާމުން ގުޅާލާފައި
ބ. އަތޮޅުގައި މި ހިދުމަތް ފެށުމާ އެކު އެ އަތޮޅު ހިމެނޭ ޒޯން 2ގެ ހަތަރު އަތޮޅުގައި ވެސް މި ހިދުމަތް ފުރިހަމަވީ އެވެ.
މީގެ ކުރިން އެ ޒޯނުގައި ހިމެނޭ ޅ.، ނ.، އަދި ރ. އަތޮޅުގައި މި ހިދުމަތް ވަނީ ފަށައިފަ އެވެ.
އެނގުން މުހިއްމު - ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކު، އާރުޓީއެލް މަޝްރޫއުގެ ދަށުން ހިދުމަތް ދޭން ނިންމާފައިވަނީ ހަ ޒޯނަކަށް ބަހާލައިގެންނެވެ.
މިހާރު މި ހިދުމަތް ދެނީ ހއ.، ހދ.، ށ. ހިމެނޭ ޒޯނުގެ އިތުރުން ނ.، ރ.، އަދި ބ.ގެ އިތުރުން ޅ. އަތޮޅުގެ ޒޯނު އަދި އެންމެ ދެކުނުން ގއ.، ގދ.، ފުވައްމުލައް އަދި އައްޑޫގައި
ބ. އަތޮޅުގައި އާރުޓީއެލް ފެށުމުން މި ހިދުމަތް ދޭ އަތޮޅުތަކުގެ އަދަދު ވަނީ 11 އަށް އަރާފައި
ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ