މޯލްޑިވިއަނުން މިމަހު އުމްރާ ދަތުރުތައް ފަށަނީ

ގައުމީ އެއާލައިން މޯލްޑިވިއަންއިން މިމަހު ފަހުކޮޅު އުމްރާ ދަތުރުތައް ފެށުމަށް ނިންމައިފި އެވެ. އެ އެއާލައިން އޮރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ މޯލްޑިވިއަންގެ ހިދުމަތް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މި މަހުގެ ފަހުކޮޅު އުމްރާ ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މުޅި އަހަރަށް ބަހާލައިގެން ޢުމްރާ ދަތުރު ކުރާނެ ކަމަށް ވިދާޅުވި އެވެ.މޯލްޑިވިއަނުން ބުނީ އުމްރާ ދަތުރުތައް ބާއްވަނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ކުންފުންޏަކަށް ކަމަށެވެ. އެގޮތުން މޯލްޑިވިއަނުން ހައްޖު ކޯޕަރޭޝަނަށް ކޮށްދޭ އުމްރާ ދަތުރުތައް އޮންނާނީ މި މަހުގެ 22 އާއި 27 ގަ އެވެ.މޯލްޑިވިއަނުން އުމްރާ ދަތުރު ކުރާނީ ވައިޑް-ބޮޑީ ބޯޓުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ