ލަންޑަން (އޮގަސްޓް 4) - އަޔަކްސް އަށް ކުޅެމުން އަންނަ އުންމީދީ ޑިފެންޑަރު، ޖޮރެލް ހަޓޯ، 43 މިލިއަން ޑޮލަރުގެ ފީ އަކަށް ހަތް އަހަރުގެ ކޮންޓްރެކްޓެއްގައި، ޗެލްސީ އަށް ސޮއިކޮށްފި އެވެ.
އުމުރުން 19 އަހަރުގެ ހަޓޯ އަކީ އަޔަކްސްގައި މި ވަގުތު ހުރި އެންމެ މުހިންމު އެއް ކުުޅުންތެރިޔާ އެވެ. ނެދަލެންޑްސް ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ހަޓޯގެ ސޮއި ހޯދަން ޗެލްސީން ވަނީ ގިނަ ކްލަބްތަކަކާ ވާދަކޮށްފަ އެވެ.
އަޔަކްސް ސީނިއާ ޓީމަށް އުމުރުން އެންމެ 16 އަހަރުގައި ކުޅެން ފެށި ހަޓޯ އަކީ، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި، ޗެލްސީން ސޮއިކުރި އަށް ވަނަ ކުޅުންތެރިޔާ އެވެ.
ހަޓޯ ބުނީ، ޗެލްސީ އަށް ސޮއިކުރަން ނިންމީ މިއީ އޭނާގެ ކެރިއަރުގައި ދެން އިން ހަރުފަތަށް ދިއުމަށްޓަކައި، އެންމެ ރަނގަޅު ކްލަބްގެ ގޮތުގައި ގަބޫލުކުރެވޭތީ ކަމަށެެވެ.
"ޗެލްސީ އަކީ އަހަރެންގެ ކެރިއަރު ކުރިއަށްގެންދަން އެންމެ ރަނގަޅު ކްލަބްގެ ގޮތުގައި ދެކެނީ، އެ ޔަގީންކަން އެބައޮތް އަހަންނަށް،" ހަޓޯ ބުންޏެވެ.
ހަގު އުމުރެއްގައި ސީނިއާ ލެވަލްގެ ފުޓްބޯޅައިގައި ވިދަން ފެށި ހަޓޯ ވަނީ، 17 އަހަރުގައި އަޔަކްސްގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ކުޅެފަ އެވެ. އަޔަކްސް ޓީމަށް މިހާތަނަށް 111 މެޗު ކުޅެދީފައިވާއިރު، މީގެ އެއް އަހަރު ކުރިން ނެދަލެންޑްސް ގައުމީ ޓީމުން ޖާގަ ހޯދި އެވެ. އަދި، މިހާތަނަށް ނެދަލެންޑްސް ޓީމަަށް ހަ މެޗު ކުޅެދީފައިވެ އެވެ.
ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ޗެލްސީން ހަޓޯގެ ސޮއި ހޯދިއިރު، އޭނާ އަކީ އެ ކްލަބްގައި ސެންޓްރަލް ޑިފެންޑަރުގެ މަގާމުގައި ކުޅެވޭނެ ހަތް ވަނަ ކުޅުންތެރިޔާ އެވެ. އެކަމަކު، ވާތު ފަޅިން ކުޅޭ ސެންޓްރަލް ޑިފެންޑަރުންގެ ގޮތުގައި ތިބީ، ހަޓޯގެ އިތުރުން ލީވައި ކޯލްވިލް އާއި ބެނޮއި ބަޑިއަޝީލް އެވެ.
ހަޓޯ 43 މިލިއަން ޑޮލަރަށް ހަތް އަހަރުގެ ކޮންޓްރެކްޓެއްގައި ޗެލްސީ އަށް ހަޓޯ 43 މިލިއަން ޑޮލަރަށް ހަތް އަހަރުގެ ކޮންޓްރެކްޓެއްގައި ޗެލްސީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ