ޝުޖާއުގެ ރިޕޯޓް ލީކް ވެފައިވަނިކޮށް، އެފްއައިޔޫގެ ވެރިޔާ މަގާމުން ދުރުކޮށްފި
ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު, އިބްރާހީމް ޝުޖާއު (ޝުޖާ)އަށް ތުހުމަތަކެއް ކުރެވޭ, ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓެއް ލީކް ވެފައި ވަނިކޮށް, މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް މިއަދު މަގާމުން ދުރުކޮށްފިއެވެ. ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) މެދުވެރިކޮށް ޝުޖާއަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ގޮތުގެ ތަފުސީލުތައް ހިމެނޭ އެފްއައިޔޫގެ ރިޕޯޓު މި ފަހުން ވަނީ މީސްމީޑިއާގައި ލީކުކޮށްލައިފައެވެ. އެ ރިޕޯޓު ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކްސް އެކައުންޓް 'ހަސަން ކުރުސީ'އެވެ. ފުލުހުން މިއަދު ވަނީ ޝުޖާއަށް ތުހުމަތު ކުރެވޭ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުނެފައެވެ. މި ރިޕޯޓް ލީކް ވެފައިވަނިކޮށް, "ސަން" އަށް އެނގިފައިވާ ގޮތުގައި އަޝްރަފް ވަނީ އެމްއެމްއޭގެ އެހެން މަގާމަކަށް ބަދަލު ކޮށްފައެވެ. އެމްއެމްއޭގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާ އަޝްރަފަކީ ފައިނޭންޝިއަލް އިންޓެލިޖެންސްގެ ދާއިރާއިން މަތީ ތައުލީމާއި ތަޖުރިބާ ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. އަޝްރަފްގެ ބަދަލުގައި އެމްއެމްއޭއިން ވަނީ އެފްއައިޔޫގެ ވެރިއަކަށް އެހެން ބޭފުޅަކު އައްޔަން ކުރައްވައިފައެވެ. ވަރަށް އަވަހަށް އެ މައުލޫމާތު ހާމަ ކުރާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. ތަފްސީލް އަންނަނީ--
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ