ދައުލަތުގެ އާމްދަނީ %8.9 އިތުރުވެ، 20 ބިލިއަނަށް

ދައުލަތަށް އާމްދަނީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނު އަދަދު %8.9 އިތުރުވެ، 20.1 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން މިއަދު ވަނީ މި މަހުގެ 10ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހަރަދު ހިމެނޭ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓް އާންމުކޮށްފަ އެވެ.
ތަފްސީލް - އެ ރިޕޯޓުގައިވާ ގޮތުން، ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 15.4 ބިލިއަން ރުފިޔާ ނުވަތަ ޖުމްލަ އާމްދަނީގެ %76.3 އެވެ. އެގޮތުން:
ގްރީން ޓެކްސް - 1.14 ބިލިއަން ރުފިޔާ؛ މިދިޔަ އަހަރު ލިބުނު 578.6 މިލިއަން ރުފިޔާއަށް ވުރެ %96.5 އިތުރު 
އެއާޕޯޓް ސާވިސް ޗާޖު - 928.5 މިލިއަން ރުފިޔާ؛ މިދިޔަ އަހަރު ލިބުނު 601.3 މިލިއަން ރުފިޔާއަށް ވުރެ %54.4 އިތުރު 
ރީއެކްސްޕޯޓް ރޯޔަލްޓީ - 179.4 މިލިއަން ރުފިޔާ؛ މިދިޔަ އަހަރު 99.6 މިލިއަން ރުފިޔާ
ފަރުދުންގެ އާމްދަނީން ނެގޭ ޓެކްސް - 260.3 މިލިއަން ރުފިޔާ؛ މިދިޔަ އަހަރު 221.3 މިލިއަން ރުފިޔާއަށް ވުރެ %17.6 އިތުރު
ޓެކްސް ނޫން ގޮތް ގޮތުން ލިބުނު އާމްދަނީގެ ތެރެއިން:
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ - 940.8 މިލިއަން ރުފިޔާ؛ މިދިޔަ އަހަރު ލިބުނު 613.6 މިލިއަން ރުފިޔާއަށް %53.3 އިތުރު
ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީ އަދި ރިސޯޓުތަކުން ކުލީގެ ގޮތުގައި ލިބުނު އާމްދަނީ - 1.2 ބިލިއަން ރުފިޔާ؛ މިދިޔަ އަހަރު ލިބުނީ 1 ބިލިއަން ރުފިޔާ
ރިފޯޓުގައިވާ ގޮތުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު ވަނީ %54.4 އިތުރުވެ، 1.1 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
އެނގުން މުހިންމު - ދައުލަތުގެ ބަޖެޓުން މިހާތަނަށް ކުރި ޖުމްލަ ހަރަދު މިދިޔަ އަހަރާ އަޅާބަލާއިރު %19.5 ދަށަށް ގޮސް، ބަޖެޓުގެ ބެލެންސް 1.4 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް ވަނީ އަރާފަ އެވެ. އެގޮތުން:
ރިކަރަންޓް ހަރަދު - %4.9 ދަށް؛ މި އަހަރުގެ މިހާތަނަށް 16.6 ބިލިއަން ރުފިޔާ ހަރަދުކުރިއިރު، މިދިޔަ އަހަރު ހޭދަވީ 17.5 ބިލިއަން ރުފިޔާ
ކެޕިޓަލް ހަރަދު - 63.3 ދަށް؛ މި އަހަރުގެ މިހާތަނަށް 2.1 ބިލިއަން ރުފިޔާ ހަރަދުކުރިއިރު، މިދިޔަ އަހަރު ހޭދަވީ 5.8 ބިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ