މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފިއެވެ. ހުދު ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު ހެނދުނު 7:15 އިން މެންދުރުފަހު 13:00 އަށް މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވާކަމަށެވެ. މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ބާރޭވެހޭނެކަމަށް މެޓް އޮފީހުން ވަނީ ލަފާކުރައްވާފައެވެ. މިއީ 2 މޫސުން ބެދޭތީ ކުރާ ވިއްސާރައެއްކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.
މެޓް އޮފީހުން ވިދާޅުވީ މިމަހުގެ އެކި ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެކަމަށެވެ. އަދި ވާރޭ ވެހޭ ވަގުތުގައި ވާރޭ ވެހޭ މިންވަރު އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވިދާޅުވީ ޖޫންއިން ސެޕްޓެންބަރުގެ ނިޔަލަށް ލަފާކުރެވޭގޮތުން ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް ވާރޭވެހޭ މިންވަރު އާންމުކޮށް މި ދުވަސްވަރު ވެހޭވާރޭއަށްވުރެ އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަދި ހުރިހާ ސަރަހައްދެއްގައިވެސް ފިނިހޫނުމިން އާންމުކޮށް ހުންނަވަރަށްވުރެ މަތިވާނެކަމަށް ބެލެވޭކަމަށެވެ.
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ