މާލެއާ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ

އެ ކުންފުނި މިއަދު ބުނީ އެ ކުންފުނިން ދެމުންދާ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ސްކާޑާގެ އެންމެ ފަހުގެ ޓެސްޓުތައް ހެދުން މާދަމާ ކުރިއަށް ދާނެ އެވެ.
މާދަމާ މާލެއާ ހުޅުމާލޭގެ ދެ ސަރަހައްދަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަރަންޓް ކުންފުނި ސްޓެލްކޯއިން ބުނެފި އެވެ.އެ ކުންފުނި މިއަދު ބުނީ އެ ކުންފުނިން ދެމުންދާ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ސްކާޑާގެ އެންމެ ފަހުގެ ޓެސްޓުތައް ހެދުން މާދަމާ ކުރިއަށް ދާނެ ކަމަށެވެ. އެހެން ކަމުން މާދަމާ ހެނދުނު 6:00 އާއި 6:30 އާ ދޭތެރޭ މާލެއާ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ