މޫސުން ގޯސް، ކުރިއަށް އޮތް ދެ ދުވަހުވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެ!

ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓުން ބުނީ މިއަދު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުުގުރުން އެކަށީގެން ވާ ކަމަށެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓުން ވަނީ މިއަދު ހެނދުނު 06:30 އިން މެނދުރު 12:00އަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އެއިދާރާއިން އިތުރަށް ބުނީ މިއަދު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުތުރާއި އިރު އިތުރުން ގަޑިއަކު އަށް މޭލާއި 18މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ދެކުނު އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުންޏެވެ.
މީގެއިތުރުން ކަނޑުތައް ދެކުނުގެ އަތޮޅުތަކަށް ފިޔަވައި އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސް މިނުގައި ދެ ފޫޓާއި ހަ ފަސް ފޫޓު ހުންނާނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ. އަދި މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ