މުއްދަތަށް ވުރެ ލަހުން މައްސަލަ ހުށަހެޅުމުން ކްރިމިނަލް ކޯޓުން މައްސަލަ ބަލައިނުގަތީ ރަނގަޅަށް: ހައިކޯޓު

ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި، މީރާގެ ޖީއެސްޓީ އޮޑިޓް ރިޕޯޓުން ވިޔަފާރިއެއްގެ ޖީއެސްޓީ ބަޔާނުގައި ޓެކުހުގެ ގޮތުގައި ދައްކަން އޮތް އަދަދަކީ ދަށް އަދަދެއްކަން އެނގިހުރެ، މައުލޫމާތު ނުދީގެން މީރާ އިން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ފަރާތްތަކަކީ:
ދެ ފަރާތުގެ މައްޗަށް ވެސް ދައުލަތުން އުފުލާފައި ވަނީ ގާނޫނު ހިންގުމަށާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ހަތް ދައުވާއެކެވެ. އެ ދައުވާތައް ދައުލަތުން އުފުލާފައި ވަނީ 2017 އިން ފެށިގެން 2018 ގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ހުށަހެޅި ޖީއެސްޓީ ބަޔާންތަކަށް ބިނާކޮށެވެ.
ގާނޫނުލްއުގޫބާތުގައި ބުނެފައިވާ ގޮތުން، އެ ކުށްކުރި ވަގުތުން ފެށިގެން ތިން އަހަރު ދުވަހުގެ ތެރޭގައި ދައުވާ އުފުލަން ޖެހެއެވެ. ނަމަވެސް ކްރިމިނަލް ކޯޓަށް އެ ދައުވާ ހުށަހަޅާފައި ވަނީ އެ މުއްދަތުގެ ފަހުން ކަމަށް ބުނެ، އެ ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފައެވެ.
އެހެންވެ ދައުލަތުން ވަނީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފައެވެ. ދައުލަތުން ބުނާ ގޮތުގައި:
ހައިކޯޓުން ކުރި ހުކުމްގައި ބުނީ، ހާއްސަ ގާނޫނަށް ރިއާޔަތްކުރަން ޖެހޭނީ އެ ގާނޫނުގެ ދަށުން ދައުވާކުރާ ހާލަތުގައިކަން އެނގެން އޮންނަ ކަމަށް ސުޕްރީމް ކޯޓުގެ އުސޫލުތަކަށް ބެލުމުން ވެސް އެނގެން އޮންނަ ކަމަށެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުމަށް ތާއީދުކުރައްވައި، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ނިންމަވާފައިވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން ނިންމާފައިވާ ނިންމުން ދެމެހެއްޓުމަށެވެ.
މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ