ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

މާލެއިން ހުޅުމާލެއަށް ހައިވޭ މަތިން ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓްވެ މީހަކު މަރުވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓު ކޮށްފައި ވަނީ ރޭ 12:00 ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓު ހިނގާފައިވަނީ ހައިވޭގައި ސައިކަލެއް ޕިކަޕެއްގައި ޖެހިގެން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެ ހާދިސާގައި މަރުވެފައިވަނީ ސައިކަލު ދުއްވަން އިން އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެކްސިޑެންޓްވުމާއެކު އޭނާ ޓްރީޓޮޕަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ